ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި
މުޙައްމަދު އަފްރާޙް
15 ޖެނުއަރީ 2026 - 16:37

ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުޙައްމަދު ޝިޔާން (25އ) ކަމަށެވެ.

Ad by Hajj Corporation
އޭނާ ހައްޔަރުކުރީ ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި ކަމަށާއި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި ވޭޕް އަދި ޕޮޑްއާއި ފައިސާ ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


