logo
MPL

MPL

ޚަބަރު

ފޭސް ދޭއްގެ ޓަވަރެއްގައި މީހަކު ރަހީނުކުރި މައްސަލައިގަ 4 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު އަފްރާޙް
15 ޖެނުއަރީ 2026 - 13:28
ފޭސް ދޭއްގެ ޓަވަރެއްގައި މީހަކު ރަހީނުކުރި މައްސަލައިގަ 4 މީހަކު ހައްޔަރުކޮށްފި

ފޭސް ދޭއްގެ ޓަވަރެއްގައި މީހަކު ރަހީނުކުރި މައްސަލައިގަ 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކާ ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނުޚަބަރު | 3 ދުވަސް ކުރިންމިއަހަރުތެރޭ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 7 ދުވަސް ކުރިންޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލައިފިޚަބަރު | 8 ދުވަސް ކުރިންހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފިޚަބަރު | 9 ދުވަސް ކުރިން