logo
Bank of Maldives

Bank of Maldives

ދުނިޔެ

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސޫރިޔާގެ ސިފައިން ޖަމާކުރަނީ

އިސްމާޢިލް ރާތިޢު
17 ޖެނުއަރީ 2026 - 05:57
ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސޫރިޔާގެ ސިފައިން ޖަމާކުރަނީ

ސޫރިޔާގެ ސަރުކާރާއެކު މަޝްވަރާކޮށް، ކަންކަމުގައި ދޫދިނުމަށް ބާރުއެޅުމުގެ ގޮތުން ސޫރިޔާގެ އުތުރާއި އިރުމަތީގައި އޮންނަ ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސަރުކާރުގެ ފައުޖުތައް ޖަމާކުރަން ފަށައިފިއެވެ.

2024 ވަަނަ އަހަރުގެ ފަހުކޮޅު، ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރުލް އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން އެގައުމުގެ ވެރިކަމާ ޙަވާލުވި އަޙްމަދު އަލްޝަރާޢުގެ ވިސްނުން ހުރީ ޤައުމުގައި ބައިބައިވުން ނައްތާލުމަށެވެ. އެގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ ގުނަވަންތައް ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ޝަރާޢު ބޭނުންވެއެވެ. އެކަމާ ގުޅޭ މަޝްވަރާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ނަމަވެސް އެ ދާއިރާއިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މަޝްވަރާ ކުރުމަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައިވެސް ކުރުދީންނާއި އަސްކަރިއްޔާއާ ދެމެދު ހަމަނުޖެހުންތަކެއް ޙަލަބުގައި ހިނގައި، ބައެއް ކުރުދީ ހަނގުރާމަވެރިން އެސަރަހައްދުން ފައިބާފައިވެއެވެ.

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުން ހަނގުރާމަވެރިން ފޭބުމަށް ބާރުއެޅުމަށް ޙަލަބްއާއި ދީރުލްޒޫރްއަށް ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ ސިފައިން އެއްކުރަމުންނެވެ. އެއަށްފަހުވެސް ކުރުދީން އިތުރަށް މަޝްވަރާކުރުމަށް ދެކޮޅުހަދާ ނަމަަ ޙަލަބްއާއި ދީރުލްޒޫރްއަށް އަސްކަރިއްޔާއިން ޙަމަލާދިނުން އެކަށީގެންވެއެވެ.

ކުރުދީންގެ އިސް ވެރީން ވަނީ ސަރުކާރުން މިފަދަ ގޮތަކަށް ސިފައިން ޖަމާކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފައެވެ. އަދި އަސްކަރިއްޔާ ހިމެނޭހެން އަޅާ ފިޔަވަޅުތަކުގެ ނުރައްކަލާ ގުޅޭގޮތުންވެސް ވާހަކަދައްކާފައިވެއެވެ. ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު މަޝްވަރާގެ މަގުން ކުރިއަށްދިއުން އެދޭކަމަށްވެސް ކުރުދީން ދަނީ ބުނަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސޫރިޔާގެ ސިފައިން ޖަމާކުރަނީދުނިޔެ | 2 ގަޑިއިރު ކުރިންސޫރިޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ޙަމަލާއެއް ދިފި ދުނިޔެ | 5 މަސް ކުރިންސޫރިޔާގެ އައު ސަރުކާރުން އަސްކަރިއްޔާގައި ބޭރު ޤަައުމުތަކުގެ ހަނގުރާމަވެރިން ހިމަނައިފިދުނިޔެ | އަހަރެއް ކުރިންސޫރިޔާގައި އިންތިހާބެއް ބޭއްވުމަށް ހަތަަރު އަހަރު ނަގައިފާނެ: އަޙްމަދު އަލް-ޝަރާޢު ދުނިޔެ | އަހަރެއް ކުރިން