logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރަމްޕަކީ ކުށްވެރިއެއް، މުޒާހަރާތަކާއި މަރުވި މީހުންގެ ޒިންމާ އޭނާ ނަގަންޖެހޭނެ: ޚާމަނާއީ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖެނުއަރީ 2026 - 15:01
ޓްރަމްޕަކީ ކުށްވެރިއެއް، މުޒާހަރާތަކާއި މަރުވި މީހުންގެ ޒިންމާ އޭނާ ނަގަންޖެހޭނެ: ޚާމަނާއީ

އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނައީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "ކުށްވެރިއެއް" ކަމަށް ސިފަކުރައްވައި، އީރާނުގައި ފަހަކަށް އައިސް ހިނގާދިޔަ ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅުގައި ޚާމަނައީ ވަނީ އެ ގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކަކީ ވޮޝިންޓަނުން ރާވައިގެން ހިންގި ކަންތައްތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނައީ ވިދާޅުވީ އީރާނާ ދެކޮޅަށް އެންމެ ފަހުން ހިންގި ފިތުނަވެރި އަމަލުތައް ކުރީގެ ހާދިސާތަކާ ތަފާތުވަނީ، އޭގައި އެމެރިކާގެ ރައީސް އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުން ކަމަށެވެ.

މުޒާހަރާތަކުގައި އީރާނުގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި، މަރުވި މީހުންނާއި، އަދި އަބުރަށް އަރައިގަތުމުގެ ޒިންމާ އުފުލަންޖެހޭނީ ޓްރަމްޕް ކަމަށް އޭނާ ވިދާޅުވިއެވެ.

 "އީރާނުގެ އުންމަތަށް ލިބުނު ގެއްލުންތަކާއި، މަރުވި މީހުންނާއި، އަދި އަބުރަށް އަރައިގަތުމުގެ ސަބަބުން އެމެރިކާގެ ރައީސަކީ ކުށްވެރިއެއް ކަމަށް އަޅުގަނޑުމެން ދެކެން،"  ޚާމަނައީ ވިދާޅުވިކަމަށް އީރާން އިންޓަނޭޝަނަލް އިން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، އެމެރިކާއިން މި ހާދިސާތައް ރޭވީ އީރާނުގެ މައްޗަށް "ވެރިވެގަތުމުގެ" މަގްސަދުގައި ކަމަށްވެސް ޚާމަނައީ ވަނީ ތުހުމަތު ކުރައްވާފައެވެ. މި މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާއާއި ޓްރަމްޕް އަމިއްލައަށް ކަމަށް ވިދާޅުވެ، އީރާނުގެ އެންމެ މަތީ ލީޑަރު ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕަކީ ކުށްވެރިއެއް، މުޒާހަރާތަކާއި މަރުވި މީހުންގެ ޒިންމާ އޭނާ ނަގަންޖެހޭނެ: ޚާމަނާއީޚަބަރު | 2 ގަޑިއިރު ކުރިންޗުއްޓީ އަށް ރާއްޖެ އަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެޚަބަރު | 3 ދުވަސް ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | 4 ދުވަސް ކުރިންނަޝީދަށް އީރާނުން ވަރުގަދަ ރައްދެއް!ޚަބަރު | 5 ދުވަސް ކުރިން