logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީ

އަބްދުﷲ ޣާނިމް
17 ޖެނުއަރީ 2026 - 15:43
ބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީ

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޑްރޯ ފެނާންޑޭޒް ފްރާންސްގެ ގަދަބާރު ޕީއެސްޖީއަށް ބަދަލުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ޕީއެސްޖީއާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެކަމަށް ބެލެވެއެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތައް ކަމަށްވާ މެންޗެސްޓަރ ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް އަދި ޗެލްސީން ވެސް މި ޒުވާން ކުޅުންތެރިޔާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، މި ރޭހުގައި މިހާރު އެންމެ ކުރީގައި އުޅެނީ ޕީއެސްޖީއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ވަނީ މިހާރު އެ ކުޅުންތެރިޔާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ މި ހުނަރުވެރި މިޑްފީލްޑަރު ހޯދުމަށްޓަކައި ޕީއެސްޖީން އޭނާގެ ރިލީޒް ކްލޯޒްގެ ގޮތުގައި އޮތް 6 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެފައިވާ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވުމަކީ އެ ޓީމުގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޑްރޯ ފެނާންޑޭޡް އަކީ ބާސެލޯނާގެ މިހާރުގެ ކޯޗް ފްލިކް ވަރަށް ގަޔާވާ ކުޅުންތެރިޔަކަށްވީއިރު، ލަމާސިއާގެ ޔަމާލްގެ ފަހުން އެކަޑެމީއިން ގްރެޖުއޭޓްވި އެންމެ އުއްމީދީ ކުޅުންތެރިޔަކީވެސް ޑްރޯ ފެނާންޑޭޒްއެވެ. ވބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ޑްރޯ ކުލަބަށް އަންގާފައިވާއިރު، މިއީ ބާސެލޯނާއަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | މަހެއް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | މަހެއް ކުރިން