logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށް

އަބްދުﷲ ޣާނިމް
26 ފެބްރުއަރީ 2026 - 04:28
ޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށް

ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފްގެ ދެވަނަ ލެގުގައި މޮނާކޯއާ ވާދަކޮށް 2-2 އިން މެޗު އެއްވަރުވި ނަމަވެސް، އެގްރިގޭޓް 5-4 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މޮނާކޯގެ މެގްނަސް އަކްލިއޫޝް ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް، މޮނާކޯގެ މަމަދޫ ކުލިބާލީއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އޮއިވަރު ޕީއެސްޖީ ކޮޅަށް އެނބުރުނެވެ. ކުލިބާލީއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޮނާކޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވަނީ 60 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. އޭގެ ހަ މިނެޓު ފަހުން ހްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މޮނާކޯގެ ޖޯޑަން ޓޭޒޭ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހި ނަމަވެސް، އެ ޓީމަށް އެގްރިގޭޓް ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެސްޖީން ވަނީ މޮނާކޯގެ ގޯލަށް 21 ހަމަލާ ފޮނުވާލާފައެވެ. މޮނާކޯއަށް ފޮނުވާލެވުނީ 9 ހަމަލާއެވެ. މޮނާކޯގެ ކޯޗު ސެބަސްޓިއަން ޕޮކޮގްނޯލީގެ ޓީމަށް މި ދެ ލެގުގައިވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދެ މެޗުގައިވެސް ރަތް ކާޑު ފެނުމެވެ. މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ދެ ލެގުގައިވެސް މޮނާކޯގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 33 ރަތް ކާޑު ދައްކާފައިވާއިރު، މިއީ މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ރަތް ކާޑު ފެނިގެންދިޔަ ސީޒަނެވެ. ޕީއެސްޖީން މި މޮޅާއެކު ގަދަ 16 އަށް ދަތުރުކުރިއިރު، އެ ޓީމުގެ އަމާޒަކީ މި އަހަރުވެސް ތަށި ދިފާއުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށްކުޅިވަރު | 2 މަސް ކުރިން