logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލައް ސިޓީގެ ބޯޑްވޯކްތަކަށް ތަކުރާރުކޮށް ގެއްލުންދެމުންދާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖެނުއަރީ 2026 - 17:34
ފުވައްމުލަކުގެ ބޯޑް ވޯކުއެއް، ފޮޓޯ÷: ސިޓީ ކައުންސިލް
ފުވައްމުލަކުގެ ބޯޑް ވޯކުއެއް، ފޮޓޯ÷: ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ޤުދުރަތީ ވެށީގެ ހިތްގައިމުކަން ބަލާލުމަށާއި ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރާ ބޯޑްވޯކްތަކަށް ތަކުރާރުކޮށް ގެއްލުންދެމުންދާ މައްސަލައިގައި ފުވައްމުލަކު ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ގޮތުގައި، ބަންޑާރަ ކިޅި ބޯޑްވޯކް ސާފުކުރުމަށް މުވައްޒަފުން ދިޔައިރު، އެތަނުގެ ހަޓްގެ ރެއިލިންގތައް ހަލާކުކޮށްލުމަށްފަހު ޗަސްބިން ތެރެއަށް އުކާލާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ބޯޑްވޯކްގެ ރެއިލިންގތަކުގެ ކެޕްތައް ނައްޓައި ވިނަގަނޑު ތެރެއަށް އުކާލުމާއި، ދެލި އަދި ދަވާދު ފަދަ ތަކެތި ބޭނުންކޮށްގެން އެކި އެކި އެއްޗެހި ކުރަހައި ލިޔަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ބޯޑްވޯކްތައް ހެދުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްއަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު ތަކެއްޗެވެ. އެހެންކަމުން، މިތަންތަނަށް ދޭ ގެއްލުންތައް މަރާމާތުކުރުމަކީ އުނދަގޫ އަދި ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ މަސައްކަތެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

"މިއީ އަޅުގަނޑުމެން އެންމެންގެވެސް ތަނެކެވެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މިތަންތަނުގެ ހިތްގައިމުކަން ލިބޭނޭ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ." އެ އިދާރާއިން ބުނެފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބޯޑްވޯކް ބޭނުންކުރާ އެންމެހާ ފަރާތްތަކުން އެތަނަށް ގެއްލުން ނުލިބޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެދިފައެވެ. އަދި އެއްވެސް ފަރާތަކުން ބޯޑްވޯކަށް ގެއްލުންދޭ މަންޒަރު ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް އެކަން ރިޕޯޓުކޮށްދިނުމަށްވެސް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | 4 ދުވަސް ކުރިންރައީސް ވިދާޅުވާ ކަންކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް: ފަލާހުޚަބަރު | 3 މަސް ކުރިންނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީން ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެ: މިނިސްޓަރ ޚަބަރު | 3 މަސް ކުރިންފުވައްމުލަކުގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ޤާއިމް ކޮށްފިޚަބަރު | 3 މަސް ކުރިން