logo
MPL

MPL

ޚަބަރު

ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރްއާން މަރުކަޒު ރަސްމީކޮށް ހުޅުވައިފި

މަރިޔަމް މާޙީ
26 ޖޫން 2026 - 14:09
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރްއާން މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު، މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި މަރުކަޒުގެ ސަބަބުން ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ މުދައްރިސުންގެ އަދަދުވެސް ކުރިއަށް އޮތް ތަނުގައި އިތުރުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ ބޮޑު އިސްލާމިކް ސެންޓަރުގެ މަޝްރޫޢުގެ ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ނިންމާފައެވެ. އެ މަޝްރޫޢާ ގުޅޭގޮތުން ކޮމެންޓް ހޯދުމަށްޓަކައި ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވިފައެވެ.

އިސްލާމިކް ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން، ޤުރްއާނާ ބެހޭ މަރުކަޒުގެ ހުރިހާ ޚިދުމަތްތަކެއް އެ ސެންޓަރަށް ބަދަލުކުރެވޭނެއެވެ. އަދި މިއަދު ހުޅުވުނު ޤުރްއާން މަރުކަޒުގެ އިމާރާތް "ވަޤުފު" ބިނާއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި ބިނާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަޞައްވުރަކީ މުޅި ރާއްޖޭގައި ޤުރްއާނުގެ ޢިލްމު ފުޅާކޮށް، ގިނަ އަދަދެއްގެ ޙާފިޒުން ބިނާކުރުމެވެ. މީގެ އިތުރުން، ވަޤުފު މަޝްރޫޢުތައް އިތުރުކޮށް ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 8 ދުވަސް ކުރިންމާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 9 ދުވަސް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 14 ދުވަސް ކުރިންމާލެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނާ ޝަހީމް ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިން