ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް ހަވާލު ކޮށްފި
3 ސެޕްޓެމްބަރު 2026 - 11:18

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ޔޫތު މިނިސްޓްރީއާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން އެ ސިޓީގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ad by Hajj Corporation
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރު ކަމަށްވާއިރު، ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައެވެ.
އެއްބަސްވުމުގެ ދަށުން، ހޭންޑްބޯލް ކޯޓުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަސައްކަތަށް ހަމަޖެހިފައިވާ އަގަކީ 1,997,595.71 ރުފިޔާއެވެ. މީގެއިތުރުން، ހަމަ 90 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ކުންފުންޏާ ހަވާލުކޮށްފައިވަނީ 2,079,384.70 ރުފިޔާގެ އަގަކަށެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ އައު އޮނިގަނޑުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑެއްގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން މިވަގުތުވެސް 15 ރަށެއްގައި ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު، 3 ރަށެއްގައި ހޭންޑްބޯލް ކޯޓުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ.

-01.jpg&w=3840&q=75)
