logo
Bank of Maldives

Bank of Maldives

ޚަބަރު

ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

މުޙައްމަދު އަފްރާޙް
20 ޖެނުއަރީ 2026 - 06:05
ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައިސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާލުމުން އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ކެންދޫގައި 249 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓެއިކް ސިސްޓަމަކާއި، 344 ކިލޯވޮޓް އަވަރގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުކުރުމާއެކު، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރާސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ. މި ނިޒާމު އަމަލީގޮތުން ބޭނުންކުރަން ފެށުމާއެކު، ކެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ ތެރެއިން އަހަރަކު 117,181 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 287 ޓަނުގެ ކާބަން އިމިޝަންސް ކޮންމެ އަހަރަކު މަދުކުރެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަކަތައިގެ ދާއިރާއަށް ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ. ކެންދޫގައި ގާއިމުކުރެވޭ މި ހައިބްރިޑް ނިޒާމަކީ އެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ނިޒާމުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ ޚަބަރު | ގަޑިއިރެއް ކުރިންދެގައުމެއްގައި ނުރައްކާތެރި 2 ހާދިސާ - ރައީސްގެ ތައުޒިޔާޚަބަރު | 14 ގަޑިއިރު ކުރިންރައީސަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް: ނައިބުރަައީސްޚަބަރު | 18 ގަޑިއިރު ކުރިންރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ މާލެ ރައްޔިތުންނަށް 'ރަން ޒަމާން': ޖަލީލްޚަބަރު | 2 ދުވަސް ކުރިން