logo
Bank of Maldives

Bank of Maldives

ޚަބަރު

އެސް.އައި.އެޗް އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި

މުޙައްމަދު އަފްރާޙް
20 ޖެނުއަރީ 2026 - 11:49
އެސް.އައި.އެޗް އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި

އޭޑީކޭ ހޮސްޕިޓަލުގެ ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސް.އައި.އެޗް) އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، އެކަމުގެ އުފާފާޅުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

18 ޖެނުއަރީ 2025 އިން 16 ޖެނުއަރީ 2026 އަށް، 52 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެކެވެ. މީގެ މަޤްޞަދަކީ އަމިއްލައަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ޖުމްލަ 18 މެޑިކަލް އިންޓާނުންނަށް ވަނީ ހަވާލުކުރެވިފައެވެ. މީގެ ތެރޭގައި 7 ތަފާތު ޤައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނެއެވެ. އެއީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާއާއި، ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުޘްމާންގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ) ތަމްސީލުކުރައްވައި ޑރ. މުޙައްމަދު ޝާފީޢު ޢަބްދުލް މުނީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ސީ.އީ.އޯ މަރިޔަމް ފިޒާނާ ރަޝީދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ

މި އިންޓާންޝިޕް ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ޚާއްޞަ ތަމްރީނެއް ވެސް ިމެނުނެވެ. މި ބައި ނިންމާލުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް  އިންޓާނުން ޒިޔާރަތެއް ކުރިއެވެ. މީގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން 2 ހަފުތާގެ މުއްދަތަށް އިޖުތިމާއީ ޞިއްޙީ ޚިދުމަތުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުނެވެ. މީގެ ސަބަބުން އިންޓާނުންނަށް އަސާސީ ޞިއްޙީ ޚިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

 މި ރަސްމިއްޔާތުގައި އޭޑީކޭ ގްރޫޕްގެ ޗެއާމަން އަދި ސީ.އީ.އޯ އަޙްމަދު ނާޝިދާއި، އޭޑީކޭ ހޮސްޕިޓަލް އަދި ޝަފީޢާ އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މުނާސަބަތުން ހާމަވެގެންދިޔައީ، ފެންވަރު ރަނގަޅު މެޑިކަލް ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ބިނާކޮށް ވަރުގަދަކުރުމަށް އެ އިންސްޓިޓިއުޓުން ދޭ އަހައްމިއްޔަތެވެ.

 "ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތު" އަކީ އެ އިންސްޓިޓިއުޓްގެ ޗެއާމަންގެ މަންމަ، އަލްމަރުޙޫމާ ޝަފީޢާ ޙަސަންގެ ޒިކުރާ އާކުރުމުގެ ގޮތުން ނަންދެވިފައިވާ އިންސްޓިޓިއުޝަނެކެވެ. މިއީ އެކަމަނާގެ ކިބައިގައި ހުރި އޯގާތެރިކަމާއި، ވަފާތެރިކަމާއި، ޚިދުމަތްތެރިކަމުގެ ސިފަތައް ރަމްޒުކޮށްދޭ، އަދި އެ އިންސްޓިޓިއުޓްގެ ތަޞައްވުރުގެ މައިގަނޑު އަސާސްތައް ރަމްޒުކޮށްދޭ އިންސްޓިޓިއުޝަނެކެވެ. މި ފެށުނު ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަކީ އެ އިންސްޓިޓިއުޓަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ކުރިމަގުގައި ހިންގޭނެ މެޑިކަލް ތަމްރީނުތަކަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސް.އައި.އެޗް އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިޚަބަރު | ގަޑިއިރެއް ކުރިންއަތޮޅުތަކަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭގައި އެއިޑްސް ޖެހުނުކަމަށް ރެކޯޑް ކުރެވިފައި ވަނީ 53 މީހަކަށްޚަބަރު | 2 މަސް ކުރިންދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިމާރާތް އަޅަން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިން