logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށް

އަބްދުﷲ ޣާނިމް
21 ޖެނުއަރީ 2026 - 04:39
 ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. މިއީ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި އަލްވާރޯ އަބެލޮއާގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ބާސެލޯނާގެ ލޯނުކުޅުންތެރިޔާ ފަޓީ (މެސީ ލައިޓް) ފުރަތަމަ 11 ގައި ހިމެނުނަސް، އޭނާއަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. އަދި އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފު 2-0 އިން ރެއާލް ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ފްރޭންކޯ މަސްޓަންޓުއޯނޯ ވަނީ ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށްފައެވެ. ރެއާލްގެ ހަތަރުވަނަ ލަނޑަކީ މޮނާކޯގެ ކެރަރ އަތުން ބައިކޮށް ވަން ލަނޑެކެވެ. އޭގެ ފަހުން 63 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ވަނީ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މޮނާކޯގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ޖޯޑަން ޓެޒޭ ކާމިޔާބުކޮށްދިން އިރު، ރެއާލް މެޑްރިޑްގެ ފަހު ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ. މި މޮޅާއެކު ރެއާލް މެޑްރިޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބި، ތާވަލުގެ ދެވަނަ މަގާމަާޤ އަރާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޙިންމު ކުޅުންތެރިންތަކެއް މަދުކޮށް ކުޅުނު ރެއާލްއިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާއާއި އެއްޕޮއިންޓާ ގާތަށް ޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފިކުޅިވަރު | 10 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީކުޅިވަރު | 11 ދުވަސް ކުރިންފަހުސިކުންތުގައި ގޯލުކީޕަރު ބޮލުންޖެހި ގޯލާއެކު ރެއާލް ބޮޑު ބައްޔަަކުން ބަލިކޮށް ބެންފީކާ ޕްލޭއޮފްގެ ޖާގައެއް ހޯދައިފިކުޅިވަރު | 14 ދުވަސް ކުރިން