logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށް

އަބްދުﷲ ޣާނިމް
21 ޖެނުއަރީ 2026 - 05:05
ވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ގަދަބާރު އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް އިން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މޮޅާއެކު އާސެނަލް އިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބަލިނުވާ ހަމައެކަނި ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މިލާނުގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލް އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 10 ވަނަ މިނިޓުގައި ގެބްރިއަލް ޖިސޫސް ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ކުރިހޯދައިދީފައެވެ. ނަމަވެސް އޭގެ އަށް މިނިޓު ފަހުން އިންޓަރ މިލާނުގެ ޕީޓަރ ސުސިޗް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލް އިން ވަނީ އަލުން ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނިޓުގައި މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ގެބްރިއަލް ޖިސޫސްއެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެއްވަނައިގައި ވެސް އޮތް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މި މެޗަށް ނިކުތްއިރު ޓީމުގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްފައެވެ.

އާސެނަލް އިން މެޗުގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ ގިޔޮކޯރެސްއެވެ. މި ނަތީޖާއާއެކު އާސެނަލްއަށް ވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 21 ޕޮއިންޓު ލިބިފައެވެ.

މި ވަގުތު ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި އިންޓަރ މިލާނަށް ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ 9 ވަނައިގައެވެ. އާސެނަލް އިން ދައްކަމުންދާ މޮޅު ކުޅުމާއެކު އެ ޓީމު މިހާރު ބެލެވެނީ މި މުބާރާތުގެ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓުގެ ގޮތުގައެވެ. މީގެ އިތުރުން އާސެނަލް މިވަގުތި އޮތީ ލީގުގެ ތާޥަލުގެވެސް އެއްވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށްކުޅިވަރު | ގަޑިއިރެއް ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 6 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 9 ދުވަސް ކުރިންހަނިގޮތަކަށް މޮޅުވެ އާސެނަލް އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 17 ދުވަސް ކުރިން