logo
Bank of Maldives

Bank of Maldives

ޚަބަރު

3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ނަޝާ
21 ޖެނުއަރީ 2026 - 10:48
3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމަށް ހަވާލުކޮށްފިއެވެ.

ޅ. ނައިފަރު އިސްލާމިކް މަރުކަމުގެ މަސައްކަތް ހަވާލުކޮށްފަވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. މަރުކަޒުގެ މިސްކިތް ބަޔަކީ 1000 މީހުންގެ ޖާގައެވެ. ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ބައެއްވެސް ހިމެނެއެވެ. މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 



ހއ. އިހަވަންދޫ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. މި މަސައްކަތުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބައިގައި، ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނެއެވެ. މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.

ގއ. ވިލިނގިލީގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފަވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގައިވެސް ކްލާސްރޫމާއި، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ވެސް ހިމެނެއެވެ.

ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެދަށުން، ކްލާސްރޫމް، ޙިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްޤީކުރާނެއެވެ.

ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި މިސްކިތުގައި ފިރިހެނުންނާ އަންހެނުން ނަމާދުކުރާ ބައިގެ އިތުރުން، ކްލާސްރޫމަކާ ލައިބްރަރީއެއްވެސް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް އަބްރާރު ޢުމްރާ ގްރޫޕުގެ ހުއްދަ ހިފަހައްޓައިފިޚަބަރު | 4 ދުވަސް ކުރިންޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފިޚަބަރު | 19 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | 20 ދުވަސް ކުރިންކުރެންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިޚަބަރު | 25 ދުވަސް ކުރިން