logo
MPL

MPL

ޚަބަރު

އަތޮޅުތަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުވެއްޖެ

އައިޝަތު ނަޝާއައިޝަތު ނަޝާ
21 ޖެނުއަރީ 2026 - 11:57
އަތޮޅުތަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުވެއްޖެ

އަންނަ އަންގާރަ ދުވަހު ފަށާ، ދިރާސީ އަހަރަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދަރިވަރުން ބަދަލުކޮށް ދީފައިވަނީ ހުޅުމާލެއަށެވެ. މި ގޮތުން، އަތޮޅުތަކުން 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވިއިރު، މާލެއަށް ވަނީ 694 ދަރިވަރުން ބަދަލުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ އިތުރަށް، ވިލިމާލެއަށް 83 ދަރިވަރުން، އަތޮޅުތެރެއިން ބަދަލުކޮށްފައި ވެއެވެ.އެއީ، ޖުމުލަ 1،530 ދަރިވަރުންނެވެ.

މާލެ ސަރަހައްދުން ގްރޭޑު އެކަކަށް 1،748 ދަރިވަރުން ވައްދައިދީފައިވާ ކަމަށާއި އަތޮޅުތެރެއިން އެ ގްރޭޑަށް ވައްދައިދޭން އެދުނީ 3،042 ދަރިވަރުން ކަމަށް އެ މިނިސއޓްރީން ބުނެފައިވެއެވެ.

މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. އޭގެތެރޭގައި މިއަހަރުގެ ސްކޫލްގެ ކިޔެވުން ފެށޭއިރު އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހަތަނަށް 1900 އެއްހާ ދަރިވަރުން ހުށައަޅާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވަނީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާކަމަށާއި ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންނާއި ފޮތްތައް ހަމަވާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭޚަބަރު | 25 ދުވަސް ކުރިންގާތްގަނޑަކަށް ފަސްހާސް ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުފަށައިފިޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | 3 މަސް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 6 މަސް ކުރިން