logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި މަސްދަޅުކޭސް ބެހުން މި މަހުގެ 24 ގައި ފަށަނީ

އައިޝަތު ނަޝާ
22 ޖެނުއަރީ 2026 - 06:40
މާލޭގައި މަސްދަޅުކޭސް ބެހުން މި މަހުގެ 24 ގައި ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މި މަހުގެ 24 ވަނަ ދުވަހު ބަހަން ފަށާގޮތަށް ނިންމާފައިވާ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތަށް ހިންގުމާ އާންމު މަސައްކަަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން އެކުލަވައިލައިފައިވާ ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރެސް ބްރީފިންގ ގައި މިނިސްޓަރ ވަނީ ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަހަދިޔާ ބެހުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ބައްސަވާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން ކަމަށެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް ކަމަށާއި، އަދި ޓޯކަން ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 11 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެއްކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ( ވަކި ގޭބިސީއެއްގޮތުގައި) ބަލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަވާނެކަމަށާއި، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންކަމަށާއި، މާލެ ސަރަޙައްދުގައި (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކަމަށް ގާއިމުކުރާ މަރުކަޒުތަކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން މާލެ ސަރަޙައްދުގައި 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ،

މާލެ؛

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯވިލު
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު (1)
  • ގަލޮޅު ދަނޑު (2)
  • ގަލޮޅު ދަނޑު (3)
  • ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1

  • ޢުމަރު ޒާހިރު ބިލްޑިންގ
  • ޕޮލްކޯ ޓަވަރ ތިރި
  • މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • ވިނަރެސް ފްލެޓް

ވިލިމާލެ؛

  • ވެމްކޯސައިޓް

ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލެވޭނީ 22 ޖަނަވަރީ 2026 ގައެވެ. މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން ފަށާނީ 24 ޖަނަވަރީ 2026 ގައެވެ. 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ރޯދަހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.

މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅޭނެއެވެ. މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި މަސްދަޅުކޭސް ބެހުން މި މަހުގެ 24 ގައި ފަށަނީޚަބަރު | ގަޑިއިރެއް ކުރިންކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ދެން ތަހުގީގުކުރާނީ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން!ޚަބަރު | 21 ގަޑިއިރު ކުރިންކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންޗާގޯސް ރާއްޖެއަށް ލިބުން ޙައްގުކަން ބޮޑު: ރައީސްޚަބަރު | ދުވަހެއް ކުރިން