logo
Bank of Maldives

Bank of Maldives

ރިޕޯޓް

ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކާއެކު ދައުލަތުގެ ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖެނުއަރީ 2026 - 10:39
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައި

ނިމުނު ސަރުކާރުތަކުން ވާރުތަވި ދަރަންޏާއި، ނިމުނު އެމްޑީޕީ ސަރުކާރުން ގައުމުގެ އިގްތިސާދު ވައްޓާލާފައިވާ ފުން އަނދަވަޅުން އަރައިގަތުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑެތި ރިސްކުތައް ނަގަން ޖެހުނެވެ. ވިޔަފާރިވެރިންނާއި އެނޫން މީހުންނަށް ވެސް ވިސްނައިދޭންޖެހުނު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ތަޖުރިބާއާއި ތަޢުލީމުގެ އަލީގައި އެމަނިކުފާނާއި މުރާލި ސަރުކާރުން އެޅުއްވި ވަރުގަދަ ކެތެތްތެރި މާލީ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުވެ، ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެއިގެ އެއް ހެއްކަކީ 2025 ވަނަ އަހަރުގެ ނިޔަލަށް އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ހިސާބުތަކެވެ. އެ ރިޕޯޓުތަކުން ދައްކާގޮތުގައި ދައުލަތުގެ ބަޖެޓު ޑެފިސިޓް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ކުޑަކުރެވިފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަމަ މަގަށް އެޅުވުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އާމްދަނީ އިތުރުވުމާއި ޑެފިސިޓް ކުޑަވުން

Ad by Hajj Corporation

Ad by Hajj Corporation

2025 ވަނަ އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ ޖުމްލަ 73.5 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

ޓެކްސް އާމްދަނީ އާއި ފަތުރުވެރިކަމުގެ ދައުރު

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 29.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިންވެސް ފާހަގަކޮށްލެވެނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީ.ޖީ.އެސް.ޓީ އެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ މި ކުރިއެރުމުގެ މައިގަނޑު ސަބަބެވެ.

ޚަރަދު ކުޑަކުރުމާއި އުމްރާނީ ތަރައްޤީ

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ގެންގުޅުނު ސިޔާސަތުގެ ދަށުން، ޖުމްލަ ޚަރަދު ވަނީ 43.1 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. ކެޕިޓަލް ޚަރަދުތައް ދަށްވި ނަމަވެސް، ރައްޔިތުންނަށް މުހިންމު މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ. މީގެ އިތުރުން، ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ބެލެންސް 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ނިންމާލެވުމަކީ މާލީ ހަރުދަނާކަން ރަމްޒުކޮށްދޭ ކަމެކެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި މާލީ ރައްކާތެރިކަން

ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (SDF) ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. 2025 ވަނަ އަހަރު މި ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 91.2 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަވެގެންދާނެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ނަތީޖާ

ޖުމްލަގޮތެއްގައި ބަލާއިރު، ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މިހާރު މިސްރާބު ޖަހާފައިވަނީ ދުޅަހެޔޮ މިސްރާބަކަށެވެ. ބަޖެޓު ޑެފިސިޓް ކުޑަވެ، އާމްދަނީ އިތުރުވެ، އަދި ރިޒާވް ވަރުގަދަވަމުން ދިއުމަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ މިނިވަންކަމާއި އިޤްތިޞާދީ ހަމަޖެހުން ކަށަވަރުވެގެންދާނެ ކަމެއްކަން ޔަގީނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ވިސްނުންފުޅާއެކު ކުރަށްވާ ބުރަ މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާކަން ކަށަވަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައިރިޕޯޓް | 2 ގަޑިއިރު ކުރިންު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންއައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިން