logo
Bank of Maldives

Bank of Maldives

ޚަބަރު

ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ: ރައީސް

އިސްމާޢިލް ރާތިޢު
24 ޖެނުއަރީ 2026 - 05:33
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ތަޢުލީމަކީ، ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމުގެ ބިންގާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނިސްބަތުން ފާހަގަކުރާ ތައުލީމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ތައުލީމު ކުރިއެރުވުމުގެ މަސައްކަތުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، އެދާއިރާގައި ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ތައުލީމީ ނިޒާމު ވެގެންދާނީ ހުރިހާ ކުދިންވެސް ބައިވެރިކުރުވަނިވި، އެންމެނާވެސް ގުޅޭ އަދި ކުރިއަރުވަނިވި ދާއިރާއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރުން ތައުލީމަށް ދީފައިވާ އަހަންމިއްޔަތުކަން ހާމަކުރައްވާ، ރައީސް ވިދާޅުވީ މި ސަރުކާރުން ގައުމީ ތަރައްގީގެ ދާއިރާގައިވެސް އެންމެ އިސްކަމެއް ދީފައިވާނީ ތައުލީމަށް ކަމަށެވެ. އެގޮތުން، މިދިޔަ ދެ އަހަރު ތެރޭ 6000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ދަސްވެނިވެފައިވާ ކަމަށާއި މި މުއްދަތުގެ ތެރޭގައި ސްޓޫޑެންޓް ލޯނުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ތައުލީމަށް ފުރުސަތުތައް ފަހިކޮށްދިނުމުން މަންފާކުރާނީ އެންމެ ދަރިވަރަކަށް އެކަނި ނޫންކަމަށާއި އެކަމުގެ ސަބަބުން މުޅި ގައުމުގެ މުސްތަގުބަލުވެސް ފާގަތިވެގެންދާނެ ކަމަށެވެ. އެހެންކަމުން، ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ދާއިރާއިން ކުރިއަރާ، މުޅި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ ފުރުސަތު، އެންމެން އެކުވެގެން ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަސް، ދުނިޔޭގެ ތައުލީމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން އދ އިން ނިންމާފައިވަނީ، ސުލްހަވެރިކަމަށާއި ތަރައްގީގެ މިސްރާބަށް ވާސިލުވުމަށް ތައުލީމު އަދާކުރާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 20 ގަޑިއިރު ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | ދުވަހެއް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 3 ދުވަސް ކުރިން