logo
Bank of Maldives

Bank of Maldives

ޚަބަރު

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަމަޟާންމަހު ގިނަ ހަރަކާތްތަކެއް

އިސްމާޢިލް ރާތިޢު
24 ޖެނުއަރީ 2026 - 06:05
މިދިޔަ އަހަރުގެ އިޙްޔާ ފޯރަމްގެ ތެރެއިން- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މިދިޔަ އަހަރުގެ އިޙްޔާ ފޯރަމްގެ ތެރެއިން- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މިއަހަރުގެ ރަމަޟާން މަހުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާ ކަމަށް އެވުޒާރާއިން ބުނެފިއެވެ.

މީގެތެރޭގައި ދީނީ މަޢުލޫމާތު ދިނުމާއި، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ޕްރޮގްރާމްތަކެއްވެސް ރާވާފައިވެއެވެ.
އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް ގިނަ ޕްރޮގްރާމްތަކެއް ރާވާ، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އިޙްޔާ ފޯރަމްތަކަކީ ދީނީ މަޢުލޫމާތު ފޯރުކޮށްދީ އާންމުން ހޭލުންތެރި ކުރުމަށް އެ ވުޒާރާއިން އެންމެ ދިގު މުއްދަކަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަޢުވާ އެންޑް ގައިޑެންސް ސެކްޝަންގެ ފަރާތުން މަޢުލޫމާތު ޙިއްސާކުރައްވަމުން އަޙްމަދު ރައްސާމް ވިދާޅުވީ، އެހެން އަހަރުތަކަށްވުރެ ގިނަ ރަށްތަކުގައި މިއަހަރު އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިޓީތަކާއި ވަކިވަކި ރަށްރަށް ހިމެނޭހެން އަތޮޅުތަކުގައި 11 ފޯރަމް މިއަހަރުގެ ރަމަޟާން މަހު ބާއްވާނެއެވެ.

ރައްސާމް ވިދާޅުވީ އިޙްޔާ ފޯރަމް ބާއްވަން ބޭނުންވާ ރަށްތަކަށް ހުޅުވާލުމުން، އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އިޙްޔާ ފޯރަމްތަކަކީ، އެކި މަޢުޟޫތަކަށް ދަރުސް ދިނުމުގެ އިތުރުން އާއްމުންނަށް ސުވާލުވެސް ކުރެވޭ ގޮތަށް ބާއްވަމުން އަންނަ ފޯރަމެކެވެ. އަދި ދީނީ ފޮތްތައް ހަދިޔާ ކުރުމާއި ބައެއް ކަހަލަ އިނާމުތައްވެސް ފޯރަމްގެ ތެރެއިން އަންނަނީ ދެމުންނެވެ.

މިއަހަރު، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވީޑިއޯ ކޮންޓެންޓްތަކެއް އުފެއްދުމަށްވެސް ހަމަޖެހިފައިވެއެވެ. މިއީ ދީނީގޮތުން އޮޅުންއަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ހަދާ ކޮންޓެންޓްތަކެކެވެ.

މީގެއިތުރުން، މުވައްސަސާތަކާ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށް، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މަރުޚަބާ ރަމަޟާންގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރެއްވެސް ބާއްވާނެއެވެ. އަދި މަރުޙަބާ ރަމަޟާންގެ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން، މާލޭގައި ބޮޑު ދަރުހެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަމަޟާންމަހު ގިނަ ހަރަކާތްތަކެއްޚަބަރު | ގަޑިއިރެއް ކުރިންނައިފަރު ޝައިޚުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެހެން ސަރުކާރުގެ ދީލަތި 'ހަދިޔާ' އެއްޚަބަރު | 24 ދުވަސް ކުރިންސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފިޚަބަރު | މަހެއް ކުރިންފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހުޚަބަރު | މަހެއް ކުރިން