logo
Bank of Maldives

Bank of Maldives

ރިޕޯޓް

ސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!

މުޙައްމަދު އަފްރާޙް
24 ޖެނުއަރީ 2026 - 06:53
ފޮޓޯ: އެޓޮލް ނިއުސް
ފޮޓޯ: އެޓޮލް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ސަރުކާރުގެ ޓެކްސީ ލައިނެއް ހެދުމަށް ނިންމެވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހަގީގަތުގައި ރައީސްގެ މި ނިންމެވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެކެވެ. ޒަމާނުއްސުރެ ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަނީ އަމިއްލަ ފަރާތްތަކުން ކަމަށްވެފައި، ފުރަމާލޭގައި ޓެކްސީގެ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފަށް ލުޔެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ މަގުސަދުކަން ޔަގީނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަތުރުފަތުރުގެ ނިޒާމަކީ ކޮންމެ ގައުމެއްގެވެސް އިގްތިސާދީ އަދި އިޖުތިމާއީ ހަޔާތުގެ މައިބަދަކަމުގައުވާއިރު، ދިވެހިރާއްޖޭގައި، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ޚިދުމަތެކެވެ. ސަރުކާރުގެ ޚާއްޞަ ޓެކްސީ ލައިނެއް ތަޢާރަފް ކުރުމަށް ނިންމާފައިވާ ނިންމުމަކީ، މި ދާއިރާގައި މަސައްކަތްކުރާ އެތައް ސަތޭކަ ޑްރައިވަރުންނެއްގެ ކަންބޮޑުވުންތަކާއި އުއްމީދުތައް ގުޅިފައިވާ މައުޟޫއެކެވެ. މިކަމުގެ ސަބަބުން ޑްރައިވަރުންގެ އާމްދަނީއަށް ކުރާނެ އަސަރުތަކާމެދު ތަފާތު ގޮތްގޮތަށް ދަނީ ބެލެމުންނެވެ.

ސަރުކާރުގެ ޓެކްސީ ލައިނެއް އައުމުން އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ކުރާނެ އެންމެ ބޮޑު އެއް އަސަރަކީ މާކެޓްގައި އޮންނަ ވާދަވެރިކަން އިތުރުވުމެވެ. ގިނަ އަދަދެއްގެ ކާރުތައް އެއްފަހަރާ މަގުތަކަށް ނުކުތުމުން، ކޮންމެ ޑްރައިވަރަކަށް ލިބޭ ދަތުރުތަކުގެ އަދަދު މަދުވުމުގެ ފުރުސަތު އޮންނައިރު، ހާއްސަކޮށް، ސަރުކާރުގެ ޓެކްސީތަކަކީ އައު، ސާފުތާހިރު އަދި ޒަމާނީ ވަސީލަތްތައް ހުރި ކާރުތަކަކަށްވާއިރު، އާންމުން އެ ޚިދުމަތަށް އިސްކަންދޭން ފަށައިފިނަމަ، އަމިއްލަ ޑްރައިވަރުންގެ ކަސްޓަމަރުން މަދުވެ އާމްދަނީއަށް ހީނަރުކަމެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޮލުގަ ރިހުމަށް ލިބޭ ލުޔަކަށްވާއިރު، މި ނިޒާމުގެ ސަބަބުން ޑްރައިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ސަރުކާރުގެ ޓެކްސީ ލައިންގެ ދަށުން މަސައްކަތްކުރާ ޑްރައިވަރުންނަށް މުސާރައާއި، އިނާޔަތްތަކާއި، ޕެންޝަން ފަދަ އިޖުތިމާޢީ ރައްކާތެރިކަން ލިބޭނެއެވެ. މިއީ މިހާރު އަމިއްލައަށް މަސައްކަތްކުރާ ގިނަ ޑްރައިވަރުންނަށް ނުލިބޭ މަންފާތަކެވެ. ބޮޑު ބަދަލެކެވެ. އަމިއްލަ ކާރުގައި ދުއްވާއިރު ކުރަންޖެހޭ މަރާމާތުގެ ޚަރަދާއި، އިންޝުއަރެންސް ފަދަ ބޮޑެތި ޚަރަދުތަކުން ޑްރައިވަރުން ސަލާމަތްވެ، ސާފު އާމްދަނީއެއް ކަށަވަރުވުމަކީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ.

މީގެއިތުރުން، ސަރުކާރުގެ ޓެކްސީ ލައިނާއެކު ތަޢާރަފްކުރާ ޑިޖިޓަލް އެޕްލިކޭޝަންގެ ސަބަބުން ދަތުރުތައް ހޯދުމުގައި ހުރި ތަކްލީފުތައް ވެސް ކުޑަވާނެއެވެ. އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަތުރުތައް ބެހިގެންދާނަމަ، ތެލަށް ކުރާ ހޭދަ ކުޑަވެ، މަސައްކަތްކުރާ ވަގުތުގެ ނިސްބަތުން ލިބޭ ނަފާ އިތުރުވުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ.

ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ކުރާނެ އަސަރު އެންމެ ބޮޑަށް ބިނާވެފައި އޮންނާނީ ސަރުކާރުން މި ނިޒާމު ބައްޓަންކުރާ ގޮތެއްގެ މައްޗަށެވެ. އަމިއްލަ ޓެކްސީތަކާއި ސަރުކާރުގެ ޓެކްސީތަކާ ދެމެދު އިންސާފުވެރި ވާދަވެރިކަމެއް އޮންނަން ޖެހެއެވެ. ސަރުކާރުގެ މަގުސަދަކީ މިހާރު ތިބި ޑްރައިވަރުން ބާކީކޮށްލުމުގެ ބަދަލުގައި، އެ މީހުންނަށް މި ނިޒާމުގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިއީ މުޅި ދާއިރާއަށް ލިބޭނެ ކުރިއެރުމެކެވެ. މިސާލަކަށް، އަމިއްލަ ޑްރައިވަރުންނަށްވެސް ސަރުކާރުގެ އެޕްލިކޭޝަން ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އެންމެންގެ އާމްދަނީއަށްވެސް ފައިދާކުރާނެ ކަމެކެވެ.

ޖުމްލަކޮށް ބަލާނަމަ، ސަރުކާރުގެ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް އޮތް ބިރަކަށްވުރެ ބޮޑަށް، މި ދާއިރާ ހަރުދަނާކޮށް ޑްރައިވަރުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ޔަގީނެވެ. އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އަގުހެޔޮ، އިތުބާރު ހުރި ޚިދުމަތެއް ލިބުމާއެކު، އެ ޚިދުމަތް ދިނުމުގައި ރެޔާއި ދުވާލު މަސައްކަތްކުރާ ޑްރައިވަރުންގެ ދިރިއުޅުމަށް ދަތިނުވާނެ ފަދަ އުޞޫލުތަކެއް ކަނޑައެޅުމެވެ. އޭރުން މި ބަދަލަކީ އެންމެންނަށްވެސް މަންފާކުރަނިވި ބަދަލަކަށް ވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!ރިޕޯޓް | ގަޑިއިރެއް ކުރިންތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައިރިޕޯޓް | ދުވަހެއް ކުރިންު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިޚަބަރު | ދުވަހެއް ކުރިން