logo
MPL

MPL

ޚަބަރު

ފޭސް 3 ހިއްކައި ނިންމާލައިފި

އައިޝަތު ނަޝާ
25 ޖެނުއަރީ 2026 - 04:11
 ފޭސް 3 ހިއްކައި ނިންމާލައިފި

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަކަށް ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ހަމަ އެއާއެކު އިންކަނޑާ ވަކިކުރެވޭ ވަރަކުން ގޯތި ޙަވާލުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ގުރުއަތުލުން ބާއްވާފައެވެ. އެސަރަޙައްދުން 7 ސައިޒެއްގެ ބިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޖުމްލަ 698 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެފަިވެއެވެ.

އެކި ސަބަބުތަކާއެކު މިމަޝްރޫޢުގެ މަސައްކަތް މަޑުޖެހެމުން ދިޔުމުގެ ސަބަބުން ސަރުކާރުންވަނީ، މަސައްކަތް އަވަސް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފެށީ، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލްއިން ވަނީ، 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ، ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 15 ދުވަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 3 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 3 މަސް ކުރިން