logo
Bank of Maldives

Bank of Maldives

ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށައިފި

އައިޝަތު ނަޝާ
25 ޖެނުއަރީ 2026 - 05:49
އުނގޫފާރު ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށައިފި

ކެންސަރު ބަލި މީހުންނަށް ޚާއްޞަ، ކީމޯ ތެރަޕީގެ ޚިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ.

މިއީ، މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި ރ. އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓަރކޮށްފައިވާ އަތޮޅެވެ.

އާސަންދައިގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު މިވަނީ މި މަސައްކަތަށް އިތުރު ކުރިއެރުމެއް އައިސްފައެވެ. މާލެއިން ބޭރުން އަތޮޅުތަކުގައި ކީމޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށާފައެވެ.

ނ.ގޫފާރު ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު ރ.އަތޮޅުގައި މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ.

މިވަގުތުގެ ތާފާސްހިސާބަށް ބަލާއިރު މާލެ ސަރަޙައްދަށްފަހު އެންމެ ގިނައިން ކެންސަރު ބަލި މީހުން ތިބީ، ސ.އަތޮޅުގައެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ތިބި ކަމަށް ދައްކަނީ ށ.އަތޮޅުގައެވެ.

ކެންސަރުގެ ފަރުވާއަށް ރާއްޖޭގައި ފުރަތަމަ ކީމޯގެ ޚިދުމަތް ފެށީ، 2014 ވަނަ އަހަރުގައެވެ. މާލެއިން ބޭރުން އެންމެ ފުރަތަމަ ކީމޯގެ ޚިދުމަތް 2020 ވަނަ އަހަރު ފެށީ، ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައެވެ. އެއަށްފަހު 2023 ވަނަ އަހަރުގެ ތެރޭގައި ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކީމޯ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުނގޫފާރު ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފިޚަބަރު | 5 މަސް ކުރިން