logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރިޓިޝް ހައި ކޮމިޝަނުން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތައް އެމްސީއެސް އާ ހަވާލުކޮށްފި

މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2026 - 10:03
ބްރިޓިޝް ހައި ކޮމިޝަނުން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތައް އެމްސީއެސް އާ ހަވާލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން ހަރުދަނާކުރުމަށާއި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް ބްރިޓިޝް ހައި ކޮމިޝަން އިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕިޓެންސީ ފްރޭމްވަރކް ރަސްމީކޮށް މިއަދު ޙަވާލުކޮށްފިއެވެ.

މިއަދު ހެނދުނު ކަރެކްޝަންސްގެ ހެޑް ކުއަރޓަރސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ހ.އ. ނިކް ލޯ ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާ މި ތަކެތި ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސް އާއި ކަރެކްޝަންސްގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ހައި ކޮމިޝަނަރ ވަނީ “ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ޤާބިލު ބަޔަކު ތަމްރީނުކުރުމަށް ދެވޭ ޓެކްނިކަލް އެހީތެރިކަމުގެ ތެރެއިން ބައެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން، 23 ވަރކްޝޮޕް އަދި ޓްރޭނިންގތައް ހިންގުމާއި 86 ރެކަމެނޑޭޝަނާއި 08 އެސެސްމަންޓް އަދި 10 ރިޕޯރޓް ހެދުމުގެ އިތުރުން 12 ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްފައިވެއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ވަރކްޝޮޕް އާއި ލީޑަރޝިޕްގެ އެކި ޓްރޭނިންގތަކާއި ޕްރިޒަން ސެކިއުރިޓީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެޗްއާރް ޕޮލިސީތަކާއި އުސޫލުތައް އަދި އެޕްރައިޒަލް ސިސްޓަމް ފަދަ ތަމްރީންތަކާއި ވަރކްޝޮޕްތަކުގައި ކަރެކްޝަންސްގެ 270 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސް ގެ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ހުޅުވާލަނީ ޚަބަރު | 2 މަސް ކުރިންމި ރަމަޟާންމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީޙް ކުރާނީޚަބަރު | 2 މަސް ކުރިންއައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފިޚަބަރު | 2 މަސް ކުރިންކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިޚަބަރު | 3 މަސް ކުރިން