މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް


07 އޮކްޓޯބަރު 2024 - 09:09
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެފަދަ 2828 މައްސަލަ ހުށައަޅާފައިވާކަމަށާއި ދެވަނަ އަށް އެންމެ ގިނައިން ރެކޯޑުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަ ކަމަށެވެ.
ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅިގެން 2100 މައްސަލަ ހުށައަޅާފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން އެ މުއައްސަސާއަށް މި އަހަރު ރެކޯޑުކުރެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަކަން ތަފާސް ހިސާބުގެ މައުލޫމާތުތަކުން އެނގެއެވެ. މުދާ ގެއްލިގެން 784 ފަރާތަކުން މައްސަލަ ހުށައަޅާފައިވާއިރު މާރާމާރީގެ 523 މައްސަލައެއްގެ އިތުރުން އޮޅުވާލުމުގެ 519 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 519 މައްސަލަ ހުށައަޅާފައިވާކަމަށެވެ.
ފޭރުމުގެ 390 މައްސަލައެއް ރެކޯޑުކުރެވިފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު ޖިންސީ ކުށްތަކުގެ 253 މައްސަލައާއި ގެވެށި އަނިޔާގެ 198 މައްސަލައެއްވެސް މި އަހަރު ހުށައަޅާފައިވާކަމަށެވެ. އަދި ލިޔެކިއުން ނަކަލު ކުރުމުގެ 120 މައްސަލައިގެ އިތުރުން ޗެކު ބައުންސްވެގެންވެސް 5 މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ވައްކަން ކުރި މީހާގެ ދިފާޢު: "ކުރާނެ މަސައްކަތެއް ނެތް، ކެވޭނެ ގޮތެއް ނެތް"
7 މަސް ކުރިންފޯނެއް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށް
6 މަސް ކުރިން
އުމުރުން ދުވަސްވީ މީީހެއްގެ އެކައުންޓުން ފައިސާތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
6 މަސް ކުރިން