ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


27 އޮކްޓޯބަރު 2024 - 15:31
ހިޔާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރޭ ފަތިހު 5:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރި އުމުރުން 32 އަހަރުގެ އަހުމަދު ރިސްފާންއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.
އެގޮތުން، ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވި، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް ހުށަހެޅިއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ވައްކަން ކުރި މީހާގެ ދިފާޢު: "ކުރާނެ މަސައްކަތެއް ނެތް، ކެވޭނެ ގޮތެއް ނެތް"
7 މަސް ކުރިން
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް
6 މަސް ކުރިންފޯނެއް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށް
6 މަސް ކުރިން