އުމުރުން ދުވަސްވީ މީީހެއްގެ އެކައުންޓުން ފައިސާތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި


24 އޮކްޓޯބަރު 2024 - 09:37
އުމުރުން ދުވަސްވީ މީހެއްގެ ކާޑު ބޭނުންކޮށްގެން 25،000 ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑު ބޭނުންކޮށްގެން އެ އަތޮޅުގެ މާމެންދޫގައި ހުންނަ ބީއެމްއެލް އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 20:13 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.މި މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ކާޑު ވަގަށްނެގި ކަމަށް ތުހުމަތުވާ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ކަނޑުމަތިން އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރުއިރު ކޭޝް ކާޑު ބޭނުންކޮށްގެން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ލައިފް އުމުރުން 22 އަހަރުގެ މުޙައްމަދު ޝައިން ޝަމީޒާއި، ލ. ގަން ތުނޑި، ނޯތުހެވަން އުމުރުން 24 އަހަރުގެ ޙަމްދޫން ޚާލީލެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ވައްކަން ކުރި މީހާގެ ދިފާޢު: "ކުރާނެ މަސައްކަތެއް ނެތް، ކެވޭނެ ގޮތެއް ނެތް"
7 މަސް ކުރިން
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް
6 މަސް ކުރިންފޯނެއް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށް
6 މަސް ކުރިން