logo
ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ ފަހަރަށް ބާއްވާ ހައްޖާއި އުމްރާ ކޮންފަރެންސް މި މަހު 31 ގައި

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2024 - 12:49
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހުގެ 31 ވާ ބުރާސްފަތި ދުވަހު އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މަޤުޞަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވާއިރު އެކަން ހައްލުކުރުމަށް މިދިޔަ ހައްޖު ދަތުރުގައި ސައުދީއިން ލިބުނު ހުރިހާ ކޯޓާތަކެއްވެސް ދީފައިވަނީ ހައްޖު ކޯރަޕޭޝަނަށެވެ.

ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން މަޝްވަރާކޮށްފައިވާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފަރާތުން އދ.ގެ އާއްމު މަޖިލީހުގައި ބައިވެވަޑައިގެންނެވި ވަފްދުގެ އިސްވެރިޔާ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާއެކު ރައީސްވަނީ މަޝްވަރާތައް ކުރައްވާފައެވެ.

ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުވަނީ ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކޮށްދޭނެކަމުގެ ފެހި ސިގްނަލް މި ބައްދަލުވުމުގައި ދެއްވާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ހައްޖުވެރިން ފުރަން ފަށައިފިޚަބަރު | 24 ދުވަސް ކުރިންމިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 25 ދުވަސް ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | 2 މަސް ކުރިންހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 2 މަސް ކުރިން