logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖެނުއަރީ 2026 - 10:07
ގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބެއިޖިންގްގައި ބޭއްވި ބައްދަލުވުމުގައި، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން ޚާއްޞަ ހަދިޔާއެއް ދެއްވާފައެވެ. މި ބައްދަލުވުމުގައި ސްޓާމަރ ހަދިޔާކުރެއްވީ އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން 3-2 އިން އާސެނަލް ބަލިކުރި މެޗުގައި ބޭނުންކުރި ރަސްމީ ބޯޅައެވެ.

މިއީ 2018 ވަނަ އަހަރަށްފަހު އިނގިރޭސި ލީޑަރަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ބޮޑުވަޒީރު ސްޓާމަރ އަކީ އާސެނަލްގެ ބޮޑު ސަޕޯޓަރަކަށް ވީނަމަވެސް، ރައީސް ޝީ އަކީ މެންޗެސްޓަރ ޔުނައިޓެޑަށް ސަޕޯޓްކުރައްވާ ބޭފުޅެއް ކަމަށް ބުނެވޭތީ، މިއީ ޚާރިޖީ ގޮތުން ބޭނުންކުރެއްވި ވަރަށް ހުޝިޔާރު އުކުޅެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތަކުން ސިފަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުޓްބޯޅަ މެދުވެރިކޮށް ޚާރިޖީ ގުޅުން ވަރުގަދަކުރުން

ފުޓްބޯޅައަށް ވަރަށް ބޮޑު ލޯތްބެއް ބަހައްޓަވާ ރައީސް ޝީ ވަނީ ޕްރިމިއަރ ލީގަށް ތައުރީފުކުރައްވައި، މެންޗެސްޓަރ ސިޓީ، އާސެނަލް އަދި ކްރިސްޓަލް ޕެލަސްއާ މެދު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، އަމިއްލަފުޅަށް ފަސް މީހުން ކުޅޭ ފުޓްބޯޅަ މެޗުތައް ކުޅުއްވާ ސްޓާމަރގެ ހުނަރަށްވެސް ޝީ ވަނީ ތައުރީފުކުރެއްވިއެވެ.

އިނގިރޭސިވިލާތާއި ޗައިނާގެ ގުޅުން ގޯސްވެފައި އޮންނަތާ އަހަރުތަކެއް ވެފައިވާއިރު، ސްޓާމަރ ގަބޫލުކުރައްވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދާ ގުޅުން ކަނޑާލައިގެން އިނގިރޭސިވިލާތަށް ދެން ނުތިބެވޭނެ ކަމަށެވެ. ވިޔަފާރީގެ ގޮތުން ބޮޑެތި ފައިދާތަކެއް ހޯދުމާއި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ޗައިނާއާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަކީ މިހާރުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ދައުރުގައި އޮތް "ރަން ޒަމާނަށް" ފަހު، ޖާސޫސްކުރުމާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ޚާއްޞަކޮށް އެމެރިކާގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޗައިނާއާއެކު އައު ފެށުމަކުން ގުޅުން ބަދަހިކުރަން އިނގިރޭސިވިލާތުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެޓް ފިއުލްގެ އަގު 83 އިންސައްތައަށް އުފުލި އެއާލައިންތަކެއް ބޮޑު ގޮންޖެހުމެއްދުނިޔެ | 4 ދުވަސް ކުރިންސަލާމަތީ ވެރިޔާ ލާރިޖާނީ، ބަސީޖުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލިކަން ކަށަވަރުކޮށްދީފި ދުނިޔެ | 4 ދުވަސް ކުރިން 37 އަހަރު ފަހުން ނައިޖީރިއާގެ ވެރިއަކު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްދުނިޔެ | 5 ދުވަސް ކުރިންއީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެޚަބަރު | 5 ދުވަސް ކުރިން