logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމައަށް އަހަރެއްވީ ދުވަހު އިސްރާއިލުގެ ހަމަލާތައް ކުރީ ވަރުގަދަ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
7 އޮކްޓޯބަރު 2024 - 14:23
ހަނގުރާމައިގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައި
ހަނގުރާމައިގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައި

ހަނގުރާމައިގެ ފުރަތަމަ އަހަރީ ދުވަހާ ދިމާކޮށް އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށްފިއެވެ.

އިސްރާއީލުން ވަނީ ހަމާސްގެ މުޖާހިދުންނާއި ކޮމާންޑް ޕޯސްޓުތަކަށް މިއަދު އިތުރު ހަމަލާތަކެއް ދީފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަމާސްޖަމާއަތުން ޖަބަލިއާގެ އެތައް ބަޔަކު މަރާލައި އަސްކަރީ އިމާރާތްތައް ހަލާކުކޮށްލާފައިވާ ކަމަށާއި އިސްރާއީލުން މަސައްކަތްކުރަނީ ހަމާސްގެ ބާރު ކަނޑުވާލުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

_118509617_gettyimages-1232886171.jpg

ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހު ސިޓީ އަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގެ ސަބަބުން އަލް އަޤްޞާ ހޮސްޕިޓަލުގެ ތެރޭގައި ހުރި ޓެންޓުތަކުތަކުގައި ތިބި މީހުންގެ ތެރެއިން 11 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ދީފައިވަނީ ހޮސްޕިޓަލުގެ އެތެރޭގައި ހުރި ކޮމާންޑް ސެންޓަރަކަށާއި އެތަނުގައި ހަރަކާތްތެރިވާ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. އޭގެ ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އިރުމަތީގެ ބައެއް އަވަށްތަކުގައި ދިރިއުޅޭ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގާފައެވެ.

14israel-gaza-briefing-gaza-scene-power-videoSixteenByNine3000.jpg

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާއަށް އިޒްރޭލުން އެއް އަހަރު ފުރުން ފާހަގަކޮށްފައިވާއިރު، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި މިކަމާއި ގުޅިގެން ގިނަ ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. ލުބުނާނުގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލާއި އިޓަލީ ވާދަކުރަންހަމަޖެހިފައިވާ މެޗާއި ދެކޮލަށް އިޓަލީގެ ޤައުމީ ޓީމު ޓްރެއިން ކުރާ ސަރަޙައްދުގައި ބޮޑު މުޒާހަރާއެއްކުޅިވަރު | 16 ދުވަސް ކުރިންއެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ފުރަތަމަ ތިން މީހުން ދޫކޮށްލައިފިދުނިޔެ | 9 މަސް ކުރިންހަނގުރާމައަށް އަހަރެއްވީ ދުވަހު އިސްރާއިލުގެ ހަމަލާތައް ކުރީ ވަރުގަދަދުނިޔެ | އަހަރެއް ކުރިންޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފިޚަބަރު | އަހަރެއް ކުރިން