logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ އަގުހެޔޮ ހައުސިން ޔުނިޓްތައް 2028ގައި ހަވާލުކުރަނީ

އައިޝަތު ނަޝާ
1 ފެބްރުއަރީ 2026 - 05:36
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތައް 2028ގައި ހަވާލުކުރަނީ

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ

ބީއެމްއެލްގެ ކުޑަހަވަދޫ ބްރާންޗްގެ އައު އިމާރާތް ހުޅުވަން ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ފައިދާ އިތުރުވުމަކީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް މުހިއްމު ކަންތައްތަކަށް އިސްކަންދިނުމަށް ބޭންކަށް ލިބޭ އިތުރު ހިތްވަރެއް ކަަމަށެވެ. އަދި ސަރުކާރާއި އެކު މިފަދަ މުހިއްމު މަޝްރޫއުތަކުގައި ބޭންކުން އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ނެޝަނަލް ހައުސިން އެފޯޑިބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާބެހޭ ގަވާއިދުގެ ދަށުން 3،000އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީން މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތައް:

  • އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

މި މަޝްރޫއު ހަވަލުކޮށްފައިވާ ބޭރުގެ ކުންފުނިތައް:

  • ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުއެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތައް 2028ގައި ހަވާލުކުރަނީޚަބަރު | ގަޑިއިރެއް ކުރިންބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިވިޔަފާރި | 4 މަސް ކުރިން