logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލުން ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2026 - 17:55
ބީއެމްއެލުން ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލް އަދި އެފް.ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސްވެރިންނެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި ޖުމްލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ. މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

މި ސްކީމްގެ ދަށުން، މިހިނގާ މާރިޗުމަހުގެ ތެރޭގައި އިތުރު 3 މަޝްރޫޢެއްގެ ބިންގާ އެޅި، ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ. އޭގެތެރޭގައި ސީ.އެމް.އީ.ސީ އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 1224 ހައުސިންގ ޔުނިޓާއި އާރް.ސީ.ސީ އާ ޙަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ހިމެނެއެވެ.

އިޖުތިމާޢީ ތަރައްޤީ އާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފިޚަބަރު | 18 ގަޑިއިރު ކުރިން ޔާމީންގެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން: ރައީސް މުއިއްޒުޚަބަރު | 19 ގަޑިއިރު ކުރިންޑައިވިން ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު އިޓަލީގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 20 ގަޑިއިރު ކުރިންއިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ޖެހެނީ ބަދަހި އާއިލާތަކަކުން: ރައީސްޚަބަރު | ދުވަހެއް ކުރިން