logo
MPL

MPL

ޚަބަރު

ނޭޕާލްގެ ޑިޒާސްޓަރ ރިލީފް ފަންޑަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ހަދިޔާކުރަން ރައީސް މުޢިއްޒު ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2026 - 12:31
ނޭޕާލަށް އެހީވުމަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ހަދިޔާކުރަން ރައީސް މުޢިއްޒު ނިންމައިފި

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

2026 އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި މި ކާރިސާއާ ގުޅިގެން ދެއްވާ މިއެހީއަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމުކުރީއްސުރެ އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމާއި، ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތީގައެވެ.

2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ނޭޕާލާއި ޗައިނާ (ޓިބެޓް) ގުޅޭ ސަރަޙައްދުގެ ގްލޭޝިއަލް ކޯރެއް ފަޅައިގެން ގޮސް ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނޭޕާލަށް ބޮޑު އިންސާނީ އަދި ތިމާވެށީގެ ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ހާދިސާގައި 1،200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 4،000 އެއްހާ މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ހައިޑްރޯއިލެކްޓްރިކް މަޝްރޫޢުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި 500 އަށްވުރެ ގިނަ ބޭރުގެ ފަތުރުވެރިން އަދި ޒިޔާރަތްކުރި މީހުން ހިމެނެއެވެ. މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރަސުވާ، ނުވަކޮޓް އަދި ގޯރްކާ ޑިސްޓްރިކްޓްތަކަށެވެ.

މި ކާރިސާގެ ސަބަބުން ނޭޕާލުގެ މުހިންމު ހައިޑްރޯއިލެކްޓްރިކް ޕްލާންޓްތަކަށް ގެއްލުންވެ، ޤައުމުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަމުގެ 10 އިންސައްތަ ވަނީ ދަށްވެފައެވެ. މީގެ އިތުރުން މައިގަނޑު މަގުތަކާއި ފާލަންތައް އަދި ޗައިނާއާ ގުޅޭ ވިޔަފާރި ބޯޑަރުތައް ހަލާކުވެފައިވާއިރު، ލިބުނު ގެއްލުންތައް އަލުން މަރާމާތުކުރުމަށް 4 އާއި 5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

ނޭޕާލުގެ ސިފައިންނާއި ފުލުހުން އަދި ކާރިސާތަކަށް ޚާއްޞަ ޓީމުތަކުން ހެލިކޮޕްޓަރާއި ޑްރޯން އަދި ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި އަވަށްޓެހި ޤައުމުތަކުން އެހީގެ ސާމާނާއި ފަންނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ކަތުމަންޑޫ ވާދީގެ ޚިދުމަތްތަކާއި ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ހިނގަމުން ދިޔަނަމަވެސް، މަގުތައް ހަލާކުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތުމުގެ ސަބަބުން އުތުރުގެ ފަރުބަދަމަތީ ސަރަޙައްދުތަކަށް ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޕާލަށް އެހީވުމަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ހަދިޔާކުރަން ރައީސް މުޢިއްޒު ނިންމައިފިޚަބަރު | ގަޑިއިރެއް ކުރިންމި އަހަރު އަލަށް މުވައްޒަފުން ނެގުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | ދުވަހެއް ކުރިންއައި.ސީ.ސީ.ޑީގެ ސެކްރެޓަރީ ޖެނެރަލް، އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވަވައިފިޚަބަރު | 2 ދުވަސް ކުރިން