މި އަހަރު އަލަށް މުވައްޒަފުން ނެގުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް: ރައީސް
4 ސެޕްޓެމްބަރު 2026 - 10:19

މި އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް އިތުރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށާއި، އެގޮތުން މިހާރު ވެސް އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޑޮކްޓަރު ވަނީ، ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ. އަދި މަތީ ތައުލީމު ހާސިލުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމާ ގުޅިގެން ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށްޓަކައި މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި އަހަރު އަލަށް މުވައްޒަފުން އިތުރުކުރުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 2000 މުވައްޒަފުން ސިއްޙީ ދާއިރާއަށް އިތުރުކުރާނެކަމަށާ، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކި ބެޗްތަކަށް ބަހާލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
" ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު ބަލިތަކާއި ކުދިކުދި ފަރުވާތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 ގައި ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަބަ ދޭ. އެ ތަންތަން ނިމި ހިދުމަތް ފެށުމުން އެ ކްލިނިކްތަކަށްވެސް އިތުރު މުވައްޒަފުން ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެން" ރައީސް
"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ޝަކުވާއާއި ހިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ރައީސާ ވާހަކަދެއްކުމަށް 10 މިނެޓުގެ ވަގުތެއް ލިބެއެވެ.

-01.jpg&w=3840&q=75)
