logo
ޚަބަރު

ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެ ކުރާ މަސައްކަތުގައި އިންޑިއާގެ އެހީ ލިބޭނެ

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2024 - 13:35
ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެ ކުރާ މަސައްކަތުގައި އިންޑިއާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން  ވަނީ ދީފައި//ފޮޓޯ: ރައީސް އޮފީސް
ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެ ކުރާ މަސައްކަތުގައި އިންޑިއާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި//ފޮޓޯ: ރައީސް އޮފީސް

2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމުގެ ޔަގީންކަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި، މަތީ ފަންތީގެ ވާހަކަފުޅުތައް މިއަދުވަނީ ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުދިއްލީގެ ހައިދަރްއާބާދް ހައުސްގައި ބޭއްވެވި މި މަތީ ފަންތީގެ ވާހަކަތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ވާހަކަފުޅުތަކުގައި ބޮޑުވަޒީރު މޯދީ ވަނީ، މި އަހަރުގެ ޖޫން މަހު، އެމަނިކުފާނު ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީތީ ރައީސް މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ. އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް އެމަނިކުފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

ޖަވާބުގައި ރައީސް ވަނީ، ޖޫންމަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ދެއްވި އެއްބާރުލެއްވުމާއި ދެއްކެވި އެކުވެރިކަމުގެ ހަނދާންތައް އައުކުރައްވާފައެވެ. ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާއަކީ ދިވެހިރާއްޖެއަށް އެހީވުމުގައި ފުރަތަމަ އިސްނަގާ ޤައުމުގެ ގޮތުގައި ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އަސާސީ މުދާ އެކްސްޕޯޓުކުރުމަށް އޮންނަ ޚާއްޞަ ކޯޓާގެ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ، ޝުކުރުއަދާކުރެއްވިއެވެ.

މި ވާހަކަތަކުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީއަށް މަޢުލޫމާތު ދެއްވާފައެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމާއި، ވިޔަފާރި ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގައި އެއްބާރުލުން ދިނުމަށް، އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ވަނީ، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ފަންނިއްޔާތާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށްވެސް އިޝާރާތްކުރައްވާފައެވެ.

މި ވާހަކަތަކުގައި ދެ ފަރާތުންވެސް ވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކޮށް، އެކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރަން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެން، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސިއްޙީ ދާއިރާ އާއި، އަންހެނުން ބާރުވެރިކުރުމާއި، އިޔާދަކުރަނިވި ހަކަތަ އާއި، މެރިޓައިމް ދާއިރާއިން އެއްބާރުލުންދީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާމެދު ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގެ ކުރީން ދެ ޤައުމުގެ އިސްވެރިންގެ މުހިންމު ވަކި ބައްދަލުވުމެއްވެސް ވަނީ ބާއްވަވައިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިޚަބަރު | 19 ގަޑިއިރު ކުރިންސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފިޚަބަރު | ދުވަހެއް ކުރިންމޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | ދުވަހެއް ކުރިންރައީސް، ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން