logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން އަލިމަގު: ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ފެބްރުއަރީ 2026 - 03:27
ޑްރަގް މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ޑްރަގް މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

ފުލުހުން ހިންގަމުންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / ހަފުލާ، ޢަލީ މުފާވިޒް (21އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މުފާވިޒް ހައްޔަރުކޮށް އޭނާ މާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 125,000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން އަލިމަގު: ގިނަ އަދަދެއްގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހެއް ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންތިލަފުށި މަރު: މަރުވީ އެކްސްކަވޭޓަރު ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކު ދަށުވެގެންޚަބަރު | 21 ގަޑިއިރު ކުރިން''އަމީން މިއާ ނިޔާވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ހިނގި ހާދިސާގައި''ޚަބަރު | 21 ގަޑިއިރު ކުރިން