logoEN
ދުނިޔެ

ހަމާސް އިން އިސްރާއީލުގެ ބޯޑަރު ގާޑަކު މަރާލައިފި

މި ހަމަލާގައި މަރުވި ސާޖަންޓް ޝިރާ ޗާޔާ ސޮސްލިކް

މި ހަމަލާގައި މަރުވި ސާޖަންޓް ޝިރާ ޗާޔާ ސޮސްލިކް

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

07 އޮކްޓޯބަރު 2024 - 15:42

ބަސް ސްޓޭޝަނަކަށް ހަމަލާދީ އިސްރާއީލުގެ ބޯޑަރު ގާޑަކު މަރާލައިފިއެވެ.

އޮފިޝަލުން ބުނީ މަރުވި މީހާގެ ނަމަކީ ސާޖަންޓް ޝިރާ ޗާޔާ ސޮސްލިކް ކަމަށެވެ. މިއީ އިޒްރޭލުގެ ދެކުނު އަސްކަރީ ފުލުހުންގެ ވަޒީފާ އަދާކުރާ އުމުރުން 25 އަހަރުގެ އަންހެނެކެވެ.

undefinedމަރުވި އިސްރާއީލް ސިފައިންގެ މީހާ

އިސްރާއިލްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބީރް ޝެވާގައި ދިން މިހަމާލާގެ ޒިންމާ ހަމާސް އިން ވަނީ އުފުލާފައެވެ. މި ހަމަލާގައި 10 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

މިއީ އިސްރާއީލުން ލުބުނާނަށް އަރައިގަތުމާއި ޣައްޒާއަށް ބޮން އެޅުމުގެ ލާއިންސާނީ އަމަލުތަކަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހަމާސް އިން ދިން ހަމަލާއެކެވެ. މިދިޔަ ހަފުތާގައި ވެސް ތެލްއަވީވް ކައިރީގައި އޮންނަ ރޭލްވޭ ސްޓޭޝަނަކަށްވެސް ހަމާސްގެ މުޖާހިދުން ވަނީ ހަމަލާދީފައެވެ.

undefinedހާދިސާ ހިނގި ސަރަހައްދު

އިޒުރޭލުގެ ވައިނެޓް ނިއުސް އައުޓްލެޓުން ބުނި ގޮތުގައި މިހަމަލާ ދިނީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އެއީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބީރް ޝެވާގެ ސެންޓްރަލް ސްޓޭޝަނުގައި ދިން ހަމަލާއެއްގައި ސިފައިންގެ މީހަކު ޝަހީދުކޮށްލި މޯހަންނާދު އަލް އޮކްބީގެ އާއިލާއަށް ނިސްބަތްވާ މީހެއްކަމަށް އިޒުރޭލުން ބުނެއެވެ.

undefinedއެ ސަރަހައްދަށް ދިޔަ އިސްރާއިލް ސިފައިންގެ މީހަކު މާޔޫސްވެފައި

އިޒުރޭލުގެ އަސްކަރިއްޔާއިން ބުނީ އާދީއްތަ ދުވަހުގެ ހަމަލާތައް ދިން ސަރަހައްދުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށެވެ. އިޒުރޭލުގެ ވައިނެޓާ ވާހަކަ ދައްކަމުން ބީއާ ޝެވާގެ މޭޔަރު ރުބިކް ޑަނިލޮވިޗް ބުނީ ސިޓީއެއްގެ ހައިސިއްޔަތުން ދިރިއުޅުން މުޅިން އާންމު ހާލަތަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި މިއީ ގޮންޖެހުންބޮޑު އަދި ނާޒުކު ދުވަސްތަކެއްކަމަށެވެ. އަދި އިސްރާއިލުގެ ރައްޔިތުން ސަމާލުވެ ތިބުމަށް ރުބިކް ޑަނިލޮވިޗް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder