logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއުމޯނިއާ ޖެހިގެން ޤައިދީއަކު ނިޔާވެއްޖެ

ޒިދާން މުޙައްމަދު
2 ފެބްރުއަރީ 2026 - 12:40
ނިއުމޯނިއާ ޖެހިގެން ޤައިދީއަކު ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ޤައިދީއަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ހުޅަމާލެ ޖަލުގައި ހުރި ޤައިދީއެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ނިޔާވީ، ދަފްތަރު ނަންބަރު 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް ކަމަށެވެ. އޭނާ ނިޔާވީ، ޞިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:5 އެހާކަށްހާއިރެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވާއިރު، މަރުވީ ނިއުމޯނިއާ ބަލީގައި ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

ކަރެކްޝަނުން ބުނީ، ސުޙެއިލްއަކީ 2025 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން މީގެ ކުރިންވެސް ޞިއްޙީ ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެކަން ފުލުހުންނަށާއި، އާއިލާއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ކަމާބެހޭ މުއައްސަސާތަކަށް ރަސްމީކޮށް އަންގަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުމޯނިއާ ޖެހިގެން ޤައިދީއަކު ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ތަރައްޤީކުރުމަށް ޓްރޭނިންގއެއް ހިންގައިފިޚަބަރު | 14 ދުވަސް ކުރިންރިހެބިލިޓޭޝަން ދާއިރާގެ ދެ ތަމްރީން ޕްރޮގްރާމް ނިންމާލައިފިޚަބަރު | 4 މަސް ކުރިންޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިޚަބަރު | 4 މަސް ކުރިން