ރޮނާލްޑޯގެ ބޮޑާހޭކުމަށް ފުރަގަސްދީ ބެންޒެމާ އަލް-ހިލާލްއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ފުރިހަމަކޮށްފި
3 ފެބްރުއަރީ 2026 - 03:56

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދު ދޫކޮށް، ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ އެ ލީގުގެ ވާދަވެރި އަލް ހިލާލަށް ސޮއިކޮށްފި ކަމަށް އެ ކްލަބުން ހޯމަ ދުވަހު އިއުލާންކޮށްފިއެވެ. އަލް ހިލާލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ކަރީމް ބެންޒެމާ އަކީ މިހާރު ރަސްމީކޮށް ހިލާލީއެއް" ކަމަށެވެ.
މި ޓްރާންސްފާގެ ކަންކަން ސައުދީ މިނިސްޓްރީ އޮފް ސްޕޯޓްސް އާއި ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ހޯމަ ދުވަހު މަޑުޖައްސާލާފައި އޮތުމަށްފަހު، ޓްރާންސްފާ ބާޒާރު ބަންދުވި ދުވަހު ވަނީ ހުރިހާ މައްސަލައެއް ހައްލުކޮށްފައެވެ. އުމުރުން 38 އަހަރުގެ ބެންޒެމާ އަލް އިއްތިހާދުން ހުށަހެޅި ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ދޫކޮށްލީ އެއީ އޭނާއަށް ކުރި އިހުތިރާމް ކުޑަ ހުށަހެޅުމެއް ކަމަށް ބުނެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެ ކޮންޓްރެކްޓްގެ ދަށުން ބެންޒެމާ ކުޅެން ޖެހެނީ ހިލޭ ސާބަހަށެވެ.

Ad by Hajj Corporation
. އުމުރުން 38 އަހަރުގެ ބެންޒެމާ އަލް އިއްތިހާދުން ހުށަހެޅި ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ދޫކޮށްލީ އެއީ އޭނާއަށް ކުރި އިހުތިރާމް ކުޑަ ހުށަހެޅުމެއް ކަމަށް ބުނެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެ ކޮންޓްރެކްޓްގެ ދަށުން ބެންޒެމާ ކުޅެން ޖެހެނީ ހިލޭ ސާބަހަށެވެ.
ބެންޒެމާ އަލް ހިލާލަށް ބަދަލުވުމާ ގުޅިގެން އަލް ނަސްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޕީއައިއެފް އިން އަލް ނަސްރަށް އެކަށީގެންވާ އިންވެސްޓްމަންޓް ނުކޮށް، އެހެން ކްލަބްތަކަށް ފުރުސަތު ދޭ ކަމަށް ބުނެ ރޮނާލްޑޯ ވަނީ އިހުތިޖާޖުގެ ގޮތުން ހޯމަ ދުވަހުގެ މެޗުގައި ކުޅެން ދެކޮޅު ހަދާފައެވެ. 2022 ވަނަ އަހަރު ސައުދީއަށް ބަދަލުވި ފަހުން ރޮނާލްޑޯ އަދިވެސް ހުރީ ލީގު ތައްޓެއްގެ އިންތިޒާރުގައެވެ.
މި ބަދަލުތަކާއެކު، އަލް އިއްތިހާދުން ބެންޒެމާގެ ބަދަލުގައި ފެނަބާޗޭގެ މޮރޮކޯ ފޯވާޑް ޔޫސުފް އެން-ނެސީރީ ގެނައުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، އަލް އިއްތިހާދަށް ކުޅެމުންދިޔަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވެސް މިހާރު ވަނީ ތުރުކީގެ ފެނަބާޗޭއަށް ބަދަލުވެފައެވެ.
ސައުދީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އަލް ހިލާލަކީ 21 ލީގު ތައްޓާއި 4 އޭޝިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ސިމޯން އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުން ވަނީ މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި މެންޗެސްޓާ ސިޓީ 4-3 އިން ބަލިކޮށް ދުނިޔެ ސިއްސުވާލާފައެވެ. ބެންޒެމާ ފަދަ ތަރިންނާއެކު އަލް ހިލާލް މިހާރު ފެންނަނީ ރޮނާލްޑޯގެ ލީގު ހުވަފެންތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައެވެ.


