logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ޕާކިސްތާނަށް

މުޙައްމަދު އަފްރާޙް
3 ފެބްރުއަރީ 2026 - 12:38
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ޕާކިސްތާނަށް

7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2 ވަނަ ސީ.ޕީ.އޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޕާކިސްތާނުގެ ކަރާޗީއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ދަތުރުފުޅުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް) ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ހަވާލުކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މި އަހަރުގެ ޝިޢާރަކީ، "މުސްތަޤްބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްހައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން" މިއެވެ.

މިމަހުގެ 3 އިން 7 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ޕާކިސްތާނަށްޚަބަރު | ގަޑިއިރެއް ކުރިންދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީޚަބަރު | 5 ދުވަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 14 ދުވަސް ކުރިންމަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިޚަބަރު | 15 ދުވަސް ކުރިން