ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓު އިފްތިތާޙްކޮށްފި
4 ފެބްރުއަރީ 2026 - 08:20

ކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގު ޗާޓު އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަގުޗާޓު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ.
ރާއްޖޭގައި ދިރިއުޅޭ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓަކީ" 2026 އިން 2030ގެ ނިޔަލަށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މަގުޗާޓެކެވެ.

Ad by Hajj Corporation
މިމަގުޗާޓުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށް 5 ދާއިރާއަކުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ތަޢުލީމާއި، ވަޒީފާގެ މައިދާނުގެ އިތުރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކޮށްފައިވާ މާލެއާއި ރަށްރަށުގައި ހުންނަ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަތުމުގައި ޢިމާރާތްތަކަށް ވަދެނިކުތުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މިރަސްމިއްޔާތުގެ ތެރެއިންވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަމުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ޔޫއެންޑީޕީއާއި ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި "ސިޗުއޭޝަނަލް އެނަލިސިސް ރިޕޯޓު" އާންމުކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ރާއްޖޭގައި ހުންނަ އދ.ގެ އެކި ބަހާތަކުގެ ބޭފުޅުންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.


