logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މުޙައްމަދު އަފްރާޙް
4 ފެބްރުއަރީ 2026 - 14:15
އެމްޕީއެލް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ބްލަޑް ސާރވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކޮށްގެން "ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް" ވަނީ މިއަދު ފަށައިފައެވެ. 

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް ގެންދަނިީ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ހުޅުވާލައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޭމްޕް ކުރިއަށް ގެންދަނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް ބްލަޑް ސާރވިސަސް (އެމްބީއެސް) އާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ލޭ އެޕްއާ ގުޅިގެންނެވެ. 

މި ހަރަކާތަކީ ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް އެމް.ބީ.އެސްއިން އެދިފައިވާތީ އެމް.ޕީ.އެލް އިން އިސްނަގައިގެން އިންތިޒާމްކުރި ކޭމްޕެކެވެ.

މި ބްލަޑް ކޭމްޕްގައި މި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ކޭމްޕްގައި ބައިވެރިވުމަކީ އެމް.ޕީ.އެލްގެ ވަރަށް ބޮޑު އެދުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 8 ދުވަސް ކުރިންމާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް ޗައިނާގެ ކުންފުންޏަކަށްޚަބަރު | 10 ދުވަސް ކުރިންއެމްޕީއެލް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 11 ދުވަސް ކުރިންފީ ނުނަގާ މުދާ ބަހައްޓައިދޭ މުއްދަތު އިތުރުކޮށްފިޚަބަރު | 15 ދުވަސް ކުރިން