logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކާންޓޭ އިއްތިހާދު ދޫކޮށް ފެނަބާޗޭ އަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
4 ފެބްރުއަރީ 2026 - 16:33
ކާންޓޭ އިއްތިހާދު ދޫކޮށް ފެނަބާޗޭ އަށް ސޮއިކޮށްފި

ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދު ދޫކޮށް، ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އެންގޮލޯ ކާންޓޭ ތުރުކީގެ ފެނަބާޗެއަށް ސޮއިކޮށްފިކަން އެ ކުލަބުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ކާންޓޭ އެ ކުލަބާ ގުޅުނުކަން އިއުލާނުކޮށްފައިވަނީ މި ޓްރާންސްފަރ ފުރިހަމަކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށެވެ.

މި ޓްރާންސްފަރގެ ކަންކަން ކުރިއަށްދިޔަ ގޮތާ ގުޅިގެން ފެނަބާޗޭއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، އިދާރީ މައްސަލަތަކާ ހުރެ ޓްރާންސްފަރ ފުރިހަމަނުކުރެވުމުގެ ޒިންމާ އިއްތިހާދުން ނަގަންޖެހޭނެކަމަށް ބުނެ އަންގާރަ ދުވަހު ފެނަބާޗޭއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. ނަމަވެސް، ހުރިހާ މައްސަލަތަކެއް ހައްލުކޮށް މިހާރު ވަނީ މި އެއްބަސްވުން ފުރިހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާންޓޭގެ ބަދަލުގައި އެން ނެސީރީ އިއްތިހާދަށް

މި އެއްބަސްވުމުގެ ދަށުން ކާންޓޭ ފެނަބާޗޭއަށް ދޫކޮށްލުމުން، އޭނާގެ ބަދަލުގައި ފެނަބާޗޭއިން ވަނީ ޔޫސުފް އެން ނެސީރީ އިއްތިހާދަށް ދީފައެވެ. އެން ނެސީރީއަކީ އިއްތިހާދު ދޫކޮށް އަލް ހިލާލަށް ބަދަލުވި ކަރިމް ބެންޒެމާގެ ބަދަލުގައި އެ ކުލަބުން ގެނައި ކުޅުންތެރިއެކެވެ. ކާންޓޭ ތުރުކީއަށް މި ބަދަލުވީ ސައުދީގައި ދެ އަހަރާއި ބައިގެ މުއްދަތެއް ހޭދަކުރުމަށްފަހުއެވެ.

އުމުރުން 34 އަހަރުގެ ކާންޓޭ އަލް އިއްތިހާދާ ގުޅުނީ 2023 ވަނަ އަހަރު އިނގިރޭސި ކުލަބު ޗެލްސީންނެވެ. ސައުދީގައި އޭނާ ހޭދަކުރި މުއްދަތުގައި 105 މެޗު ކުޅެދީ 10 ލަނޑު ޖަހައި 11 އެސިސްޓު ކާމިޔާބުކުރިއެވެ. އަދި އެ ކުލަބާއެކު ސައުދީ ޕްރޯ ލީގާއި ކިންގްސް ކަޕްގެ ތަށި އޭނާ ވަނީ އުފުލާލާފައެވެ.

ކާންޓޭއަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ލެސްޓަރ ސިޓީއާއެކު 2016 ވަނަ އަހަރު ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްފަހު، ޗެލްސީގައި އޭނާ ވަނީ ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގު އަދި އެފްއޭ ކަޕް ފަދަ ޝަރަފުވެރި މުބާރާތްތައް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އޭނާއަކީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގެ މުހިންމު ތަނބެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާންޓޭ އިއްތިހާދު ދޫކޮށް ފެނަބާޗޭ އަށް ސޮއިކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިން2024 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދި ލޫކްމަން އެޓަލާންޓާ ދޫކޮށް ފެނަބާޗޭއަށްކުޅިވަރު | 4 ދުވަސް ކުރިން