logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ، ހުޅުމާލެ، ވިލިމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަނީ

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 11:18
މާލެ، ހުޅުމާލެ، ވިލިމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަނީ

ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން - ވެމްކޯއިން ނިންމައިިފިއެވެ.

ވެމްކޯއިން ނިންމާފައި ވަނީ މިހިނގާ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެއުމަށެވެ. އަދި ވިލިމާލޭގައި ކުނިނަގާ ވަގުތަށް ބަދަލު ގެންނަނީ މުލަ ރޯދަދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެމްކޯއިން ބުނީ، މާލޭގައި 8 ފެބްރުއަރީން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު 2:00އާ ދޭތެރޭގައި ކަމަށެވެ. އަދި ހުޅުމާލޭގައި 8 ފެބްރުއަރީން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 2:30އާ ދޭތެރޭގައި ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގައި މުލަރޯދައިން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 1:00އާ ދޭތެރޭގައި ކަމަށެވެ.

މާލެ ސަރަހައްދުގެ ގެތަކުން ކުނި ނަގާ ވަގުތަށް ވެމްކޯއިން ބަދަލު ގެންނަން ނިންމީ ރޯދައަށް ދިމާކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށެވެ.

މިގެނެވުނު ބަދަލަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް ވެމްކޯއިން ވަނީ އެދިފައެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރޭއިރުވެސް ވެމްކޯއިން ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދުވެއްޖެޚަބަރު | 2 މަސް ކުރިންވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތަށް އޮންލައިން ބުކިންގްސް ތައާރަފްކުރަނީޚަބަރު | 2 މަސް ކުރިންމާލެ، ހުޅުމާލެ، ވިލިމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަނީޚަބަރު | 2 މަސް ކުރިންއައްޑޫ އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް ތަރައްގީކުރަން ވެމްކޯއަށްޚަބަރު | 4 މަސް ކުރިން