logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުދުއާއި މީދޫގައި ކައުންސިލް އޮފީސް އިމާރާތްކުރުމުގެ ފަށައިފި

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 12:49
ހުޅުދުއާއި މީދޫގައި ކައުންސިލް އޮފީސް އިމާރާތްކުރުމުގެ ފަށައިފި

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކާ އެކަހެރިކޮށް އޮންނަ ހުޅުދުއާއި މީދޫގައި ކައުންސިލް އޮފީސް އިމާރާތްކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެދެ ރަށުގެ މެޖޯރިޓީ ރައްޔިތުން ވަނީ، ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ރައްޔިތުން ވޯޓު ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިްޔެ އިއްވި ރިޔާސީ ބަޔާނުގައި ވަނީ ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ ދެ ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ދެ ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މިކަމުގެ ބައެއް ތަފްސީލް ޙިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ މިކަމާ ގުޅޭ މަސައްކަތްތަކުގައި ވުޒާރާގެ ޓީމެއް އެ ރަށްރަށަށް ގޮސް، ކައުންސިލް އިދާރާ އެކުލަވާލުމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އާ ކައުންސިލްތައް އޭޕްރިލް މަހު އިންތިޚާބު ކުރާއިރު، އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި މުވައްޒަފުންވެސް ނަގާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތުގެދަށުން 55 ކައުންސިލްގެ މަސައްކަތް އަހަރުގެ މެދުތެރޭ ނިންމާނެކަމަށެވެ. މިހާތަނަށް 6 ކައުންސިލްގެ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުދުއާއި މީދޫގައި ކައުންސިލް އޮފީސް އިމާރާތްކުރުމުގެ ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފިޚަބަރު | 6 ދުވަސް ކުރިންއަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ކެތުލެބްގެ ޚިދުމަތް އައްޑޫ ހިތަދޫގައި ދޭން ފަށައިފިޚަބަރު | 9 ދުވަސް ކުރިން2 ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފިޚަބަރު | 21 ދުވަސް ކުރިން