logo
MPL

MPL

ޚަބަރު

އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ކެތުލެބްގެ ޚިދުމަތް އައްޑޫ ހިތަދޫގައި ދޭން ފަށައިފި

ޒިދާން މުޙައްމަދު
28 ޖެނުއަރީ 2026 - 13:30
އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ކެތުލެބްގެ ޚިދުމަތް އައްޑޫ ހިތަދޫގައި ދޭން ފަށައިފި

އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ކެތުލެބްގެ ޚިދުމަތް އައްޑޫ ހިތަދޫގައި ދޭން ފަށައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބަކީ މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ކެތު ލެބެވެ.

އައްޑޫގައި ކެތު ލެބުގެ ޚިދުމަތް ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ވަޢުދާ އެއްގޮތައް ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލްކޮށް ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 7 މީހަކު ވަނީ ފަރުވާ ހޯދާފައެވެ.

ކެތު ލެބުގެ ޚިދުމަތް ފަށާފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެންނެވެ.

ކެތު ލެބުގެ ހިދުމަތް ފެށުމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޙަލީމް ވިދާޅުވީ، ކެތު ލެބުގެ ޚިދުމަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ކެތު ލެބުގެ ޚިދުމަތް ފެށިގެން މިދިޔައީ ސަކޭތަ އިންސައްތަ ދިވެހިންނާއި އެކުގައި ކަމަށް ވިދާޅުވިއެވެ. ޚަލީމް ވިދާޅުވީ، ބޭނުންވަނީ ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ ސަރުކާރުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | 7 ދުވަސް ކުރިންފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!ރިޕޯޓް | 14 ދުވަސް ކުރިން ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | މަހެއް ކުރިންއައްޑޫ ލިންކް ރޯޑު ބޮޑު ބަދަލަކަށް: 12.3 ކިލޯމީޓަރުގެ ސަރަހައްދެއް 4 ލޭނަށް ފުޅާކުރަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން