logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގައި ވަގުތީ އިމާރާތްތަކެއް ތަރައްޤީކުރަން ޔޫއޭއީއިން ހުށަހަޅައިފި

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 11:44
ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

ފަލަސްޠީނުގެ ޣައްޒާގެ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްގައި އެ ސަހަރުގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ޔުނައިޓަޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއިން ހުށަހަޅައިފިއެވެ.

ޔޫއޭއީގެ ހުށަހެޅުން ފެންނަ ޗާޓެއްގައި ވާގޮތުން “ޔޫއޭއީ ޓެމްޕޮރަރީ އެމިރޭޓްސް ހައުސިންގ ކޮމްޕްލެކްސް” އިމާރާތް ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތިވެ ބިމާ ހަމަވެފައިވާ އަވަށެއް ކަމަށްވާ ރަފަޙްގައެވެ. މީގެ ކުރިން 250،000އެއްހާ މީހުން ދިރިއުޅެމުންދިޔަ ރަފަޙް މިހާރު ވަނީ އެއްވެސް މީހަކު ދިރިނޫޅޭ ހަނަފަސް ބިމަކަށް ބަދަލުވެފައެވެ.

މިޞްރާއި ޣައްޒާ ގުޅުވައިދޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަފަޙްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ ރޭވުމެއްގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމުގައި އެންމެ އިސްކަމެއްދީގެން ބިނާކުުރުމަށް ނިންމާފައިވާ ސަރަޙައްދެވެ. ނަމަވެސް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދާނަމަ އަނެއްކާ ވެސް ހަނގުރާމަ ފެށުމުގެ ފުރުޞަތު އެބައެޮތް ކަމަށްބުނެ، ރަފަޙް އާރާސްތުކުރުމަށް ޚަރަދުކުރަން ޤައުމުތަކުން ފަސްޖެހެއެވެ. ނަމަވެސް ޔޫއޭއީގެ މަޝްރޫޢުއާ މެދުގައިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ޙަމާސްގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި ކަމަށް ވީއިރު، ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްގައި ދިރިއުޅުމަށް ޣައްޒާގެ ރައްޔިތުން ބޭނުންވާނެކަމަކަށް ނުބެލެވެއެވެ.

ޔޫއޭއީއިން ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ހައުސިންގ ކޮމްޕްލެކްސްއަކީ އެމެރިކާއިން ބިނާ ކުރުމަށް ހުށަހަޅާފައިވާ މި ފަދަ މުޖުތަމަޢުއަކާ އެއްގޮތްކަމެއް ހުރި ހުށަހެޅުމެކެވެ. ނަމަވެސް އެމެރިކާގެ ރޭވުންތަކާ ޚިލާފަށް ޔޫއޭއީގެ ކޮމްޕައުންޑު ތަރައްޤީ ކުރުމަށް ހުށަހަޅާފައި ވަނީ މީގެ ކުރިން ރަފަޙްގައި މީހުން ދިރިއުޅެފައި ނުވާ ސަރަޙައްދެއްގައެވެ. އެނގިފައިވާ ގޮތުގައި، މި މަޝްރޫޢުއާ ގުޅިގެން ޔޫއޭއީއިން ދަނީ އެމެރިކާއާއި، ޓްރަމްޕް އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑާއި ޣައްޒާ ހިންގުމަށް އެމެރިކާއިން އެކުލަވާލާފައިވާ ކޮމިޓީއާއެކު މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާޒާގެ 43،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައި: ޑަބްލިޔުއެޗްއޯ ދުނިޔެ | 22 ދުވަސް ކުރިންފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | މަހެއް ކުރިންފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފިކުޅިވަރު | 2 މަސް ކުރިންއޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | 2 މަސް ކުރިން