logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯއިން ދެނީ ކައްކާ ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން!

ޒިދާން މުޙައްމަދު
9 ފެބްރުއަރީ 2026 - 17:44
އެސްޓީއޯއިން ދެނީ ކައްކާ ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން!

އްކާ ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން - އެސްޓީއޯއިން ދީފިއެވެ.

ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ ސަޕްލައި އަށް އައިސްފައިވާ ލޮލުންތަކުގެ އަސަރު މި ވަގުތު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރަހައްދީ ބާޒާރުގެ ސަޕްލައި އަށް އައި ހީނަރުކަމެއްގެ ސަބަބުން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާއެކު ވިއްކަނީ ހަތް ކިލޯގެ ގޭސްފުޅިއެވެ. 

އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެ އަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން އާންމުންނަށް ކޮންމެހެން ބޭނުންވާ މިންވަރުން ގޭސް ވިއްކުމަކީ ކުރާ ކަމެކެވެ. ޒާރޫރީ ތަކެތި ވިއްކުން ކޮންޓްރޯލްކޮށް ކޮންމެހެން ބޭނުންވާ މިންވަރަށް ވިއްކުން ލިމިޓްކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެކެވެ.

އެސްޓީއޯއިން ބުނީ އަންނަ ހަފުތާގައި އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރީގެ ގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށެވެ.

ގޭސް ހުސް ނުވާ ކަމަށާއި ބޭނުންވާ މިންވަރަށް ފުއްދާލެވޭނެ ކަމަށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ރަމަޟާން މަހަކީ އެހެން މަސްމަހާ ތަފާތުކޮށް، ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ހާއްސަ މަހެއް ކަމަށް ވުމާ އެކު، މޯލްޑިވް ގޭހުން ވެސް އަންނަނީ އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުންނެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." އެ ކުންފުނިން ބުންޏެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއިން ދެނީ ކައްކާ ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން!ޚަބަރު | 2 ގަޑިއިރު ކުރިންއާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާ!ޚަބަރު | 10 ދުވަސް ކުރިންއެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންއަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފިވިޔަފާރި | 4 މަސް ކުރިން