ބޮޑާހޭކި ރޮނާލްޑޯއަށް ލާރިދިނުމުން ހަތިޔާރު ބަހަށްޓައި އެނބުރި ދަނޑަށް
10 ފެބްރުއަރީ 2026 - 07:31

އުދީ ޕްރޯ ލީގުގެ އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މުސާރައާއި ޓްރާންސްފާ މައްދަލައިގައި އެ ކްލަބުގެ މެޗުތައް ބޮއިކޮޓް ކުރުމަށްފަހު އަލުން ޓީމާ ގުޅިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮނާލްޑޯ މި ނިންމުން ނިންމާފައިވަނީ އޭނާ ޝަރުތުކުރި ކަންތައްތަކެއް ފުރިހަމަވުމާ ގުޅިގެންނެވެ.
ރޮނާލްޑޯ ވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި އަލް ނަޞްރުން އެކަށީގެންވާ އިންވެސްޓްމަންޓެއް ކޮށްފައި ނުވާތީ ހިތްހަމަނުޖެހުން ފާޅުކޮށް، ޖެހިޖެހިގެން ދެ މެޗުގައި ކުޅުމަށް އިންކާރުކޮށްފައެވެ. ޚާއްޞަކޮށް އޭނާއާއެކު ރެއާލް މެޑްރިޑަށް ކުޅުނު ކަރީމް ބެންޒީމާ، ވާދަވެރި އަލް ހިލާލްއާ ގުޅުމަކީ ރޮނާލްޑޯގެ ކެތްތެރިކަން ކޮޅުންލީ ސަބަބު ކަމަށް ބެލެވެއެވެ.

Ad by Hajj Corporation
އީއެސްޕީއެން ބްރެޒިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަތް ދުވަހުގެ ނުތަނަވަސްކަމަށްފަހު ރޮނާލްޑޯ މިހާރު ވަނީ ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. މިއީ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ރޮނާލްޑޯގެ ޝަރުތުތައް ގަބޫލުކުރުމާ ގުޅިގެން އައި ބަދަލެކެވެ.
ރޮނާލްޑޯ ހުށަހެޅި އެންމެ މުހިންމު އެއް ކަމަކީ އަލް ނަޞްރުގެ ބައެއް މުވައްޒަފުންނާއި ކުޅުންތެރިންނަށް ނުދެވި ހުރި މުސާރަތައް ދިނުމެވެ. ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ އެދުމުގެ މަތިން މިހާރު އެ ހުރިހާ ފައިސާއެއް ދައްކާ ޚަލާޞްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ރޮނާލްޑޯއާ ގާތް ގުޅުމެއް އޮންނަ ސްޕޯޓިންގ ޑިރެކްޓަރ ސިމާއޯ ކުޓީނިއޯ އަދި ޗީފް އެގްޒެކެޓިވް ހޯސޭ ސެމެޑޯގެ ބާރުތައް އަލުން ވަނީ އިއާދަކޮށްދީފައެވެ. ޕޯޗުގަލްގެ މި ދެ އޮފިޝަލުންނަކީ މީގެ ކުރިން ސްޕޯޓިންގ ސީޕީގައިވެސް ރޮނާލްޑޯއާއެކު މަސައްކަތްކޮށްފައިވާ ދެ ފަރާތެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާގެ ކުރިން މި ދެމީހުންގެ ބާރުތައް ކަނޑުވާލުމަކީ ރޮނާލްޑޯ ވަރަށް ބޮޑަށް ކޮންމެހެން ބޭނުންވި ކަމެކެވެ.
މި ދެ އޮފިޝަލުންނަށް އަލުން ބާރުތައް ލިބުމާއެކު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބޮޑެތި ޚަރަދުތަކެއްކޮށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއީ ރޮނާލްޑޯވެސް ވަރަށް ބޮޑަށް އުންމީދު ކުރަމުންދާ ކަމެކެވެ.
ސަޢުދީއަށް މީގެ ތިން އަހަރުކުރިން ރޮނާލްޑޯ ބަދަލުވުމަށްފަހު، އެކުލަބުގައި ރޮނާލްޑޯއަށް ރަސްމީ އެއްވެސް ތައްޓެއް ހޯދިފައިނުވާއިރު، މިހާރު 41 އަހަރުގެ ރޮނާލްޑޯގެ އަމާޒުހިރީ މިސީޒަނުގައި ތަށްޓެއް ހޯދައި 1000 ގޯލު ހަމަކޮށް، އަންނަށް އޮތް ވޯލްޑްކަޕުގެ ޕޯޗުގަލްގެ ސްކޮޑުން ޖާގަހޯދުމްވެ. ސަޢޫދީ ލީގުގައި އަލް ނަޞްރު މިހާރު އޮތީ އެއްވަނައިގައި އޮތް އަލް ހިލާޅް އަށްވުރެ އެއްޕޮއިންޓް މަދުކޮށް ދެވަނައިގައެވެ.


