logo
MPL

MPL

ޚަބަރު

ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 15:54
ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

މި ވާހަކަފުޅުތައް ބާއްވާފައިވަނީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެގައުމުގެ ރައީސުން އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ އެޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

މި މަޝްވަރާތަކުގައި ރާއްޖެއާ އާއި ޖަރުމަނާ ދެ ޤައުމުގެ ދެމެދު މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު ވަނީ އައުކުރައްްވާއެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ. ރައީސް ޑރ. މުޢއިްޒުގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 3 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 11 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 20 ގަޑިއިރު ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | 20 ގަޑިއިރު ކުރިން