logo
MPL

MPL

ޚަބަރު

ރާއްޖެއާއި ޖަރުމަންގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރުފުރުން ފާހަގަކޮށްފި

މުޙައްމަދު އަފްރާޙް
11 ފެބްރުއަރީ 2026 - 02:57
ރާއްޖެއާއި ޖަރުމަންގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރުފުރުން ފާހަގަކޮށްފި

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ވަޑައިގަތުމުން ރަސްމީކޮށް މަރުޙަބާ ދެއްންނެވުން ކުރިއަށްގެންގޮސްފައިވަނީ އެގައުމުގެ ރިޔާސީ ގަޑުވަރު ޝްލޮސް ބެލެވިޔުގައެވެ.

މިއީ ރާއްޖޭގެ ރައީސަކަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޖަރުމަނުގެ ރައީސްގެ ދަޢުވަތަކަށް ރާއްޖޭގެ ރައީސަކު ޖަރުމަނުވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 3 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 11 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 20 ގަޑިއިރު ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | 20 ގަޑިއިރު ކުރިން